މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ ޑިވިޜަން:

އިންޝުއަރެންސް ސުޕަރވިޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ހުނަރު

  • އެކައުންޓިން، ފައިނޭންސް ނުވަތަ ބިޒްނަސްގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިންޝުއަރެންސްގެ ދާއިރާގެ ތަޖްރިބާ ހުރި ފަރާތްތަކަށާއި އެކައުންޓިން އެންޑް ފައިނޭސްގެ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަނަށް ލައިސަންސް ދިނުމާއި ރެގިއުލޭޓްކުރުމާއި ސުޕަރވައިޒު ކުރުން.
  • އިންޝުއަރެންސްގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެ ދިނުން.

މަޤާމު:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން އޯލެވެލް އިމްތިޙާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް އޮތޯރިޓީން ރާވައި ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.

 

މަޤާމު:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން އޯލެވެލް އިމްތިޙާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެއްޗާއި ކަންކަމަށް ދިމާވާ މަސައްލަތައް ހައްލުކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.
  • ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ ނިޒާމު މެދުވެރިކޮށް ބެލެހެއްޓުން.

ޝަރުޠު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން.
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒު ނުކުރާ މީހަކަށްވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ހުނަރު ހުރުން.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުނަރުވެރިކަން: 

  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ރިވެތި އަދަބުތަކާއެކު މުޢާމަލާތް ކުރުމުގެ އާދަ އަށަގަނެފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓުކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 5 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ