މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ ޑިވިޜަން:
|
އިންޝުއަރެންސް ސުޕަރވިޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ހުނަރު
|
- އެކައުންޓިން، ފައިނޭންސް ނުވަތަ ބިޒްނަސްގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
- ވަޒީފާ ހަމަޖެއްސުމުގައި އިންޝުއަރެންސްގެ ދާއިރާގެ ތަޖްރިބާ ހުރި ފަރާތްތަކަށާއި އެކައުންޓިން އެންޑް ފައިނޭސްގެ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަނަށް ލައިސަންސް ދިނުމާއި ރެގިއުލޭޓްކުރުމާއި ސުޕަރވައިޒު ކުރުން.
- އިންޝުއަރެންސްގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެ ދިނުން.
|
މަޤާމު:
|
އޮފިސަރ
|
ސެކްޝަން/ޑިވިޜަން:
|
ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ހުނަރު:
|
- ޖީސީއީ އޭ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން އޯލެވެލް އިމްތިޙާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
- މި ވަޒީފާއަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް އޮތޯރިޓީން ރާވައި ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.
|
މަޤާމު:
|
އޮފިސަރ
|
ސެކްޝަން/ޑިވިޜަން:
|
އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ހުނަރު:
|
- ޖީސީއީ އޭ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން އޯލެވެލް އިމްތިޙާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
- މި ވަޒީފާއަށް މީހަކު ހޮވުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެއްޗާއި ކަންކަމަށް ދިމާވާ މަސައްލަތައް ހައްލުކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.
|
މަޤާމު:
|
ސެކިއުރިޓީ އޮފިސަރ
|
ސެކްޝަން:
|
ސެކިއުރިޓީ ސަރވިސަސް ޔުނިޓް
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.
- ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ ނިޒާމު މެދުވެރިކޮށް ބެލެހެއްޓުން.
|
ޝަރުޠު:
|
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން.
- ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒު ނުކުރާ މީހަކަށްވުން.
- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
- ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.
- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ހުނަރު ހުރުން.
|
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުނަރުވެރިކަން:
|
- އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ރިވެތި އަދަބުތަކާއެކު މުޢާމަލާތް ކުރުމުގެ އާދަ އަށަގަނެފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
|
ސުންގަޑި
|
2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހުގެ 15:00 އަށް
|