މަޤާމު: ޗީފް އެގްޒެކަޓިވް އޮފިސަރ
|
(ބޭނުންވާ އަދަދު: 1 (އެކެއް
|
އަސާސީ މުސާރަ: -/35,000 ރ
|
ސަރވިސް އެލަވަންސް: -/2,000 ރ
|
މަޤާމުގެ ޝަރުތުތައް:
|
މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- މެނޭޖްމަންޓް / ގަވަރނަންސް ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ހިންގުމުގެ ދާއިރާއިން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން ޝަރުޠުތައް:
|
- އުމުރުން 30 އަހަރު ފުރި 60 އަހަރު ނުފުރޭ މީހެއްކަމުގައި ވުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޚިޔާނާތެއްގެ ކުށެއް ނުވަތަ ކުޑަކުދިންނާއި ބެހުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
- ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވާނަމަ، ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ޙުކުމް މަޢާފު ކުރެވުނުތާ 3 އަހަރު ފުރިފައިވުން.
- ސާބިތު ދަރަންޏެއް އޮތް މީހެއްކަމުގައިވާނަމަ އެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދާމީހަކު ކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރުމަށް ލާޒިމުކުރާ ކަންތައްތައް އެ އޮތޯރިޓީގެ ބޯޑުގެ އިރުޝާދުގެ މަތިން ކުރުން.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދާ އެއްގޮތަށް އޮތޯރިޓީގެ އިދާރީ އަދި ފަންނީ މަސައްކަތް އިސްވެ ހިންގައި ބެލެހެއްޓުން.
- ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.
- މިދެންނެވުނު ޒިންމާތައް އުފުލުމަށް ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
|
އުޖޫރަޔާއި ޢިނާޔަތްތައް:
|
ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/5,000 (ފަސްހާސް) ރުފިޔާ ދެވޭނެއެވެ.
|
މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން:
|
މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
|
ސުންގަޑި:
|
މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މައުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީގަޑީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013115، 3006724 އިން ސާފުވާނެއެވެ.
|