ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-AF/221/2016/20
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 23 އޮގަސްޓް 2016 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޗީފް އެގްޒެކަޓިވް އޮފިސަރ

މަޤާމް :ޗީފް އެގްޒެކަޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު: ޗީފް އެގްޒެކަޓިވް އޮފިސަރ

(ބޭނުންވާ އަދަދު: 1 (އެކެއް

އަސާސީ މުސާރަ: -/35,000 ރ

ސަރވިސް އެލަވަންސް: -/2,000 ރ

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. މެނޭޖްމަންޓް / ގަވަރނަންސް ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ހިންގުމުގެ ދާއިރާއިން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުޠުތައް:

  1. އުމުރުން 30 އަހަރު ފުރި 60 އަހަރު ނުފުރޭ މީހެއްކަމުގައި ވުން.
  2. އިސްލާމްދީނުގައި ޙައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޚިޔާނާތެއްގެ ކުށެއް ނުވަތަ ކުޑަކުދިންނާއި ބެހުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  3. ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވާނަމަ، ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ޙުކުމް މަޢާފު ކުރެވުނުތާ 3 އަހަރު ފުރިފައިވުން.
  4. ސާބިތު ދަރަންޏެއް އޮތް މީހެއްކަމުގައިވާނަމަ އެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދާމީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރުމަށް ލާޒިމުކުރާ ކަންތައްތައް އެ އޮތޯރިޓީގެ ބޯޑުގެ އިރުޝާދުގެ މަތިން ކުރުން.
  • ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދާ އެއްގޮތަށް އޮތޯރިޓީގެ އިދާރީ އަދި ފަންނީ މަސައްކަތް އިސްވެ ހިންގައި ބެލެހެއްޓުން.
  • ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.
  • މިދެންނެވުނު ޒިންމާތައް އުފުލުމަށް ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން. 

އުޖޫރަޔާއި ޢިނާޔަތްތައް:

 

ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/5,000 (ފަސްހާސް) ރުފިޔާ ދެވޭނެއެވެ. 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން:

މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި:

މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީގަޑީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013115، 3006724 އިން ސާފުވާނެއެވެ.
11 އޮގަސްޓް 2016