މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް: ޖީ. އެސް. 3
|
ސެކްޝަން: ކޯޕަރޭޓިވް އެފެއާޒް
|
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މުސާރަ: މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
|
ސަރވިސް އެލަވަންސް: -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)
|
މަޤާމުގެ ޝަރުޠު:
- އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
- އުފަންދުވަހުގެ ސެޓުފިކެޓު އުފަންދުވަހުގެ ރަޖިސްޓްރީ ހަދައި ލިޔެކިޔުން ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ވިހާ މަރުވާ ބަލަހައްޓައި، ރަށްވެހީންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް، އަލަށް އުފަންވާ ކުދިން ރަޖިސްޓަރީކޮށް، ރަށުގެ އާބާދީ ބަލަހައްޓައި، މަހުންމަހަށް އަޕްޑޭޓްކޮށް، ރިޕޯޓް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި ބެލެހެއްޓުން.
- ރަށްވެހިކަން ބަދަލުކުރުމާއި، ނަން ބަދަލުކުރުމާއި، ނަމަށް އުނި އިތުރު ގެނައުމާއި، ރަށްވެހީންގެ ރަޖިސްޓަރީފޮތް ތައްޔާރުކުރުމާއި، ގުޅުންހުރި އެންމެހާ މަސައްކަތްކޮށް ނިންމައި ރެކޯޑުތައް ބެލެހެއްޓުން.
- ސްޓޮކް ބަލަހައްޓައި، ޕްރޮކިއުމަންޓާ ގުޅުންހުރި އެންމެހައި މަސައްކަތްކޮށް، ލިޔެކިޔުމުގެ ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ފަދަ ލިޔެކިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް، ފޮނުވަންޖެހޭ އިދާރާތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ފޮނުވައި، ފައިލްކޮށް ބެލެހެއްޓުން.
- އޮފީހުން ކުރަން ކަނޑައަޅާ މަރާމާތާއި އަދިވެސް އެހެނިހެން މަސައްކަތްތަކަށް ޕްރޮޖެކްޓް ތައްޔާރުކުރުމާއި، ޓެންޑަރ ކޮމެޓީގެ މެމްބަރުކަން ކުރުމާއި، ޓެންޑަރ ކޮމެޓީގެ އެންމެހާ ލިޔެކިޔުންތައް ނިންމައި ބެލެހެއްޓުން.
- މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭގޮތުން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމާއި، ދަނޑުވެރިކަމުގެ ދަފްތަރު އެކުލަވައި ބެލެހެއްޓުމާއި، ކަމާބެހޭ އެހެނިހެން ލިޔެކިޔުންތައް ނިންމައި ބެލެހެއްޓުން.
- ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ތަފާސްހިސާބު ބަލަހައްޓައި، އުޅަނދުފަހަރުގެ ރަޖިސްޓަރީއާބެހޭ ފޯމުތައް ދޫކުރުމާއި، ބަލައިގަތުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ މަޢުލޫމާތު ސާފުކޮށްދިނުން.
- ރިސެޕްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް ފޯރުކޮށްދިނުން
|
އުޖޫރައާއި އިނާޔަތްތައް
|
އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އިންޓަރވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 20:30 ގައި، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާގައި.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 1 އެޕްރީލް 2013 ގައިވާ ގޮތުގެމަތިން ތިރީގައިމިވާ ކަންތައްތަކަށެވެ.
- ވަޒީފާގެ ޝަރުޠު ހަމަވުމަށް ޕޮއިންޓް ދިނުން.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ޕޮއިންޓް ދިނުން.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދިނުން.
- ލިބިފައިވާ މަސައްކަތުގެ ހުނަރަށް (ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން) ޕޮއިންޓް ދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން އެޕްލިކޭޝަންފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު މި މަޤާމަށް ކުރިމަތިލައިގެން މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާ އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާއަށް
|