ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)418/418/2016/41
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 22 އޮގަސްޓް 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3  

ސެކްޝަން: ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް: -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އުފަންދުވަހުގެ ސެޓުފިކެޓު އުފަންދުވަހުގެ ރަޖިސްޓްރީ ހަދައި ލިޔެކިޔުން ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ވިހާ މަރުވާ ބަލަހައްޓައި، ރަށްވެހީންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް، އަލަށް އުފަންވާ ކުދިން ރަޖިސްޓަރީކޮށް، ރަށުގެ އާބާދީ ބަލަހައްޓައި، މަހުންމަހަށް އަޕްޑޭޓްކޮށް، ރިޕޯޓް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި ބެލެހެއްޓުން.
  3. ރަށްވެހިކަން ބަދަލުކުރުމާއި، ނަން ބަދަލުކުރުމާއި، ނަމަށް އުނި އިތުރު ގެނައުމާއި، ރަށްވެހީންގެ ރަޖިސްޓަރީފޮތް ތައްޔާރުކުރުމާއި، ގުޅުންހުރި އެންމެހާ މަސައްކަތްކޮށް ނިންމައި ރެކޯޑުތައް ބެލެހެއްޓުން.
  4. ސްޓޮކް ބަލަހައްޓައި، ޕްރޮކިއުމަންޓާ ގުޅުންހުރި އެންމެހައި މަސައްކަތްކޮށް، ލިޔެކިޔުމުގެ ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ފަދަ ލިޔެކިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް، ފޮނުވަންޖެހޭ އިދާރާތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ފޮނުވައި، ފައިލްކޮށް ބެލެހެއްޓުން.
  6. އޮފީހުން ކުރަން ކަނޑައަޅާ މަރާމާތާއި އަދިވެސް އެހެނިހެން މަސައްކަތްތަކަށް ޕްރޮޖެކްޓް ތައްޔާރުކުރުމާއި، ޓެންޑަރ ކޮމެޓީގެ މެމްބަރުކަން ކުރުމާއި، ޓެންޑަރ ކޮމެޓީގެ އެންމެހާ ލިޔެކިޔުންތައް ނިންމައި ބެލެހެއްޓުން.
  7. މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭގޮތުން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމާއި، ދަނޑުވެރިކަމުގެ ދަފްތަރު އެކުލަވައި ބެލެހެއްޓުމާއި، ކަމާބެހޭ އެހެނިހެން ލިޔެކިޔުންތައް ނިންމައި ބެލެހެއްޓުން.
  8. ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ތަފާސްހިސާބު ބަލަހައްޓައި، އުޅަނދުފަހަރުގެ ރަޖިސްޓަރީއާބެހޭ ފޯމުތައް ދޫކުރުމާއި، ބަލައިގަތުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ މަޢުލޫމާތު ސާފުކޮށްދިނުން.
  9. ރިސެޕްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް ފޯރުކޮށްދިނުން

އުޖޫރައާއި އިނާޔަތްތައް

އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަރވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 20:30 ގައި، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާގައި.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 1 އެޕްރީލް 2013 ގައިވާ ގޮތުގެމަތިން ތިރީގައިމިވާ ކަންތައްތަކަށެވެ.

  1. ވަޒީފާގެ ޝަރުޠު ހަމަވުމަށް ޕޮއިންޓް ދިނުން.
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ޕޮއިންޓް ދިނުން.
  3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދިނުން.
  4. ލިބިފައިވާ މަސައްކަތުގެ ހުނަރަށް (ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން) ޕޮއިންޓް ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން އެޕްލިކޭޝަންފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު މި މަޤާމަށް ކުރިމަތިލައިގެން މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާ އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާއަށް

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840007 ނަންބަރު ފޯނާއެވެ. ނުވަތަ ރަސްމީގަޑީގައި ކައުންސިލް އިދާރާއަށް ވަޑައިގަތުމުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަދި މިއިދާރައިގެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016