މަޤާމު
|
ވޮޗަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:
|
އެސް އެސް 1 / ސަޕޯޓް ސްޓާފް ގްރޭޑް 1
|
އޮފީސް / އިދާރާ:
|
އިހަވަންދޫ ޞިއްޙީ މަރުކަޒު
|
ސެކްޝަން:
|
-
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:
|
އިހަވަންދޫ ޞިއްޙީ މަރުކަޒު / ހއ. އިހަވަންދޫ
|
މުސާރަ
|
-/3100 ރުފިޔާ (މަހަކު)
|
ސަރވިސް އެލަވަންސް
|
-/1000 ރުފިޔާ (މަހަކު)
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
ގިންތި
|
ދާއިމީ
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ޑިޔުޓީގަޑީގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
- ޑިޔުޓީގައި އިމާރާތަށާއި ގޯތިތެރޭގައި ހުންނަ ގަސްގަހާގެއްސާއި ވެހިކަލް ފަދަ ތަކެއްޗަށް މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ސަމާލުވެ ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގައި އެޑްމިޓްކުރެވޭ ބަލިމީހުންންގެ ކައިރީގައި އެހީތެރިންގެ ގޮތުގައި ތިބޭ މީހުން ތަނުގެ އާންމު ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅައި އެކަން ކުރުވުން.
- ޑިޔުޓީގައި ހުންނަ ގަޑީގައި ދިދަ ނަގައި ތިރިކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
|
އުޖޫރައާއި އިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ )
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
|
މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، މި މަރުކަޒުގެ ނަންބަރު 6500501 ފޯނާއެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.
|