ވަޒީފާގެ ފުރުޞަތު
ނަންބަރު: A7SM(IUL)/2016/06
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 23 އޮގަސްޓް 2016 14:00
އިހަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރ

ހއ. އިހަވަންދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ވޮޗަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސް އެސް 1 / ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:

އިހަވަންދޫ ޞިއްޙީ މަރުކަޒު

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އިހަވަންދޫ ޞިއްޙީ މަރުކަޒު / ހއ. އިހަވަންދޫ

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

ބޭނުންވާ އަދަދު

1 (އެކެއް)

ގިންތި

ދާއިމީ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ޑިޔުޓީގަޑީގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  • ޑިޔުޓީގައި އިމާރާތަށާއި ގޯތިތެރޭގައި ހުންނަ ގަސްގަހާގެއްސާއި ވެހިކަލް ފަދަ ތަކެއްޗަށް މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ސަމާލުވެ ބެލެހެއްޓުން.
  • ޞިއްޙީ މަރުކަޒުގައި އެޑްމިޓްކުރެވޭ ބަލިމީހުންންގެ ކައިރީގައި އެހީތެރިންގެ ގޮތުގައި ތިބޭ މީހުން ތަނުގެ އާންމު ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅައި އެކަން ކުރުވުން.
  • ޑިޔުޓީގައި ހުންނަ ގަޑީގައި ދިދަ ނަގައި ތިރިކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

އުޖޫރައާއި އިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން ލިޔެފައިވާ  ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ  ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ )

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު:              

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، މި މަރުކަޒުގެ ނަންބަރު 6500501 ފޯނާއެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016