ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
މަސައްކަތު |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމް ނަންބަރު: |
188-OD/22/2016/9 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމު އޮތް އޮފީސް: |
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
އިދާރީ |
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: |
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ |
މުސާރައާއި އެލަވަންސް: |
މުސާރަ: މަހަކު -/3100 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ ޝަރުޠު: |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން. - ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުތަކާއި ޑެސްކުތަކާއި، ބޯޑުގައި ކުރަހާފައި ހުންނަ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާސްތައް މޮޕްލައިގެން ދުވާލަކު އެއްފަހަރު ސާފުކުރުން. - ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަހައްދުން ވިނަނޮޅައި، ކުނިނަގައި، ސާފުކޮށް ބެލެހެއްޓުން. - ސްޓާފްރޫމާއި، އެކަޑަމިކް ސެކްޝަނާއި، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީއާއި، ފާޚާނާފަދަ ތަންތަނުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި، އެތަންތާގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން. - ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން. - ސްޓާފްރޫމުގައި ބޯފެން އަޅަން ބަހައްޓާފައި ހުންނަ ތަކެއްޗަށް ފެންއަޅާފައި ބެހެއްޓުން. - ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ. - ޑިއުޓީގައި ސުޕަވައިޒަރުން އަންގަވާ ކަންތައް ކުރުން. - ރަސްމީ ގަޑިތައް ފިޔަވައި އެހެން ގަޑިގަޑީގައި ސްކޫލުގައި ހިންގާ ކަންކަމުގައި ބައިވެރިވުމަށް އަންގައިފިނަމަ، ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން. - ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި، އެތަކެއްޗަށް ގެއްލުމެއްނުދީ ބެލެހެއްޓުން. - ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާބެހޭ މައުލޫމާތު އޮފީހަށް ދިނުން. - ހޯލުގައި ތަކެތި އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ، ހޯލުގައި ތަކެތި އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން. - މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ އުޞޫލުން ކުރުން. - ސްކޫލުގެ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމްކުރާ ހަރަކާތެއްގައި ބައިވެރިވެ ހަރަކާތްތެރިވާން އަންގައިފިނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައި ހުއްދަ ހޯދުމުން ނޫނީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުން. - އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު. |
ސުންގަޑި: |
ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - މަސައްކަތު ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. |
އިންޓަވިއު: |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު ލިޔުމުން އެންގޭނެއެވެ. - އިންޓަވިއު އޮންނާނީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. - ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ޝޯރޓް ލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކުގެ މެދުގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6500014 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6500560 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
5 ޛުލްޤަޢިދާ 1437