ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS08/2016/30
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 16 އޮގަސްޓް 2016 14:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

     އިޢުލާން

މި މަރުކަޒަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމް ނަންބަރު:

188-OD/22/2016/9

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމު އޮތް އޮފީސް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މުސާރައާއި އެލަވަންސް:

މުސާރަ: މަހަކު -/3100 ރުފިޔާ   ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން.

- ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުތަކާއި ޑެސްކުތަކާއި، ބޯޑުގައި ކުރަހާފައި ހުންނަ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާސްތައް  މޮޕްލައިގެން ދުވާލަކު އެއްފަހަރު ސާފުކުރުން.

- ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަހައްދުން ވިނަނޮޅައި، ކުނިނަގައި،  ސާފުކޮށް ބެލެހެއްޓުން.

- ސްޓާފްރޫމާއި، އެކަޑަމިކް ސެކްޝަނާއި، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީއާއި، ފާޚާނާފަދަ ތަންތަނުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި، އެތަންތާގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.

- ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.

- ސްޓާފްރޫމުގައި ބޯފެން އަޅަން ބަހައްޓާފައި ހުންނަ ތަކެއްޗަށް ފެންއަޅާފައި ބެހެއްޓުން.

- ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.

- ޑިއުޓީގައި ސުޕަވައިޒަރުން އަންގަވާ ކަންތައް ކުރުން.

- ރަސްމީ ގަޑިތައް ފިޔަވައި އެހެން ގަޑިގަޑީގައި ސްކޫލުގައި ހިންގާ ކަންކަމުގައި ބައިވެރިވުމަށް އަންގައިފިނަމަ، ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން.

- ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި، އެތަކެއްޗަށް ގެއްލުމެއްނުދީ ބެލެހެއްޓުން.

- ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާބެހޭ މައުލޫމާތު އޮފީހަށް ދިނުން.

- ހޯލުގައި ތަކެތި އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ، ހޯލުގައި ތަކެތި އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

- މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.

- ސްކޫލުގެ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމްކުރާ ހަރަކާތެއްގައި ބައިވެރިވެ ހަރަކާތްތެރިވާން އަންގައިފިނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައި ހުއްދަ ހޯދުމުން ނޫނީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުން.

- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.  

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން،  2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ  ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތު ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 

އިންޓަވިއު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު ލިޔުމުން އެންގޭނެއެވެ.

- އިންޓަވިއު އޮންނާނީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

- ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ޝޯރޓް ލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކުގެ މެދުގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6500014 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6500560 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016