ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
|
މަޤާމުގެ ނަން: އެޑްމިން އޮފިސަރ (ގްރޭޑް 1) |
މުސާރަ: މަހަކު -/5،000 ރުފިޔާ |
ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ |
|
ލިވިންގ އެލަވަންސް: މަހަކު -/1،000 ރުފިޔާ |
އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ |
ބޭނުންވާ އަދަދު:1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު ސައިޓް |
||
|
މަޤާމުގެ ޝަރުޠު: - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 3 މާއްދާއިން މަދުވެގެން "ސީ" ގްރޭޑް ލިބިފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. - އެސް.އެސް.ސީ އިމްތިޙާނުން ދިވެއްސާއި އިސްލާމުން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
||
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: - ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެދަށުން މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން. - ކުންފުނިން ކުރާ މުޢާމަލާތްތަކުގެ ރިކޯޑް ބެލެހެއްޓުމާއި، އެހެނިހެން އިދާރީ ކަންކަން ކުރުން. - ޕްރޮކިއުމަންޓަށް ބޭނުންވާނޭ އިދާރީ ސަޕޯޓް ދިނުން. |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ސެޓުފިކެޓުތަކުގެ ކޮޕީ. - ކުރީގައި ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިޔުން. |
||
|
ސުންގަޑި: 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 16:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށެވެ.) |
||
|
ހުށަހަޅަންވީ ތަން: ހ. އާގަދަގޭގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ. |
||
|
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ކުންފުނީގެ 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
||
1 ޛުލްޤަޢިދާ 1437
