ވަޒީފާގެ ފުރުޞަތު
ނަންބަރު: GIL/IUL/2016/212
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 11 އޮގަސްޓް 2016 16:00
ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: އެޑްމިން އޮފިސަރ (ގްރޭޑް 1)

މުސާރަ: މަހަކު -/5،000 ރުފިޔާ

ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/1،000 ރުފިޔާ

އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ބޭނުންވާ އަދަދު:1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު ސައިޓް

މަޤާމުގެ ޝަރުޠު: 

- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 3 މާއްދާއިން މަދުވެގެން "ސީ" ގްރޭޑް ލިބިފައިވުން.

- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

- އެސް.އެސް.ސީ އިމްތިޙާނުން ދިވެއްސާއި އިސްލާމުން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެދަށުން މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

- ކުންފުނިން ކުރާ މުޢާމަލާތްތަކުގެ ރިކޯޑް ބެލެހެއްޓުމާއި، އެހެނިހެން އިދާރީ ކަންކަން ކުރުން.

- ޕްރޮކިއުމަންޓަށް ބޭނުންވާނޭ އިދާރީ ސަޕޯޓް ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން  އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިޔުން.

ސުންގަޑި: 

2016 އޮގަސްޓު 11 ވަނަ ދުވަހުގެ 16:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށެވެ.)

ހުށަހަޅަންވީ ތަން:

ހ. އާގަދަގޭގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ކުންފުނީގެ 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 1 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016