ދިވެހިރާއްޖެ
އިޢުލާން
މެރިން ރިސާރޗް ސެންޓަރަށް ތިރީގައި މިދަންނަވާ ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެގެން މިނިސްޓްރީން ކުރި ނަންބަރު (IUL)30-C/30/2016/46 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެފައިނުވާތީ މި އިޢުލާން ބާޠިލުކޮށް މި ދަތުރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތަކަށް ފުރުސަތު އަލުން ހުޅުވާލަމެވެ.
ބޭނުންވާ ތާރީޚު: 25.08.2016 އިން 06.09.2016 އަށް.
ދަތުރުގެ ތަފުސީލު: މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ އަދި ޅ އަތޮޅަށެވެ. މި ދަތުރުގައި މުޅިއެކު 10 މުވައްޒަފުން ބައިވެރިވާނެއެވެ.
ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޑައިވް ސައިޓުތަކާއި ރަށްރަށުގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި އޮންނަ މަޢުލޫމާތު ދޭ ބައްދަލުވުމުގައި ދެވޭނެއެވެ.
ޝަރުޠު: މިދަތުރުގައި ޑައިވް ކުރުމަށް ހަމަޖެހިފައިވުމުން ޑައިވް ދޯންޏަކާއި ޑިންގީއެއް އޮންނަންވާނެއެވެ. އަދި މަދުވެގެން 4 މީހުންނަށް ޑައިވް ކުރެވޭނެ ސާމާނު ހުންނަންވާނެއެވެ. އަދި މި އުޅަނދުގައި މަދުވެގެން 5 ކޮޓަރި ހުންނަންވާނެއެވެ. އަދި ތިންއިރު ކެއުމާއި ބުއިން ލިބެންޖެހޭނެއެވެ. މީގެ އިތުރުން ޑައިވިންގ ޓޭންކްތަކަށް ވައިއެޅޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. ވީމާ، މި ދަތުރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239،3339211 އަދި 3339279 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.