މަސައްކަތް
ނަންބަރު: (IUL)30-C/30/2016/62
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 18:08
ސުންގަޑި: 04 އޮގަސްޓް 2016 09:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިން ރިސާރޗް ސެންޓަރަށް ތިރީގައި މިދަންނަވާ ދަތުރުކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މެރިން ރިސާރޗް ސެންޓަރަށް ތިރީގައި މިދަންނަވާ ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެގެން މިނިސްޓްރީން ކުރި ނަންބަރު (IUL)30-C/30/2016/46  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެފައިނުވާތީ މި އިޢުލާން ބާޠިލުކޮށް މި ދަތުރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތަކަށް ފުރުސަތު އަލުން ހުޅުވާލަމެވެ.

ބޭނުންވާ ތާރީޚު: 25.08.2016 އިން 06.09.2016 އަށް. 

ދަތުރުގެ ތަފުސީލު: މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ އަދި ޅ އަތޮޅަށެވެ. މި ދަތުރުގައި މުޅިއެކު 10 މުވައްޒަފުން ބައިވެރިވާނެއެވެ.

ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޑައިވް ސައިޓުތަކާއި ރަށްރަށުގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި އޮންނަ މަޢުލޫމާތު ދޭ ބައްދަލުވުމުގައި ދެވޭނެއެވެ.

ޝަރުޠު: މިދަތުރުގައި ޑައިވް ކުރުމަށް ހަމަޖެހިފައިވުމުން ޑައިވް ދޯންޏަކާއި ޑިންގީއެއް އޮންނަންވާނެއެވެ. އަދި މަދުވެގެން 4 މީހުންނަށް ޑައިވް ކުރެވޭނެ ސާމާނު ހުންނަންވާނެއެވެ. އަދި މި އުޅަނދުގައި މަދުވެގެން 5 ކޮޓަރި ހުންނަންވާނެއެވެ. އަދި ތިންއިރު ކެއުމާއި ބުއިން ލިބެންޖެހޭނެއެވެ. މީގެ އިތުރުން ޑައިވިންގ ޓޭންކްތަކަށް ވައިއެޅޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. ވީމާ، މި ދަތުރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2016 އޮގަސްޓު 4 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ  ވާހަކަދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239،3339211 އަދި 3339279 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

25 ޖުލައި 2016