އިޢުލާން
|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ:
|
މަހަކު -/7,035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 2,462/25 ރުފިޔާ
|
އިތުރުގަޑީގެ ފައިސާ:
|
އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
|
ވަޒިފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ކޯޕަރޭޓް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01 ( އެކެއް )
|
ޝަރުޠު
|
- އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްއާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
- އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޭޖެންސީ ޓެންޑަރ ކޮމެޓީގެ އެންމެހައި މަސައްކަތްތައް ހިންގައި ސުޕަވައިޒުކޮށް ބެލެހެއްޓުން.
- މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކާއި ޔުނިޓުތަކަށް ބޭނުންވެގެން ހޯދަންޖެހޭ ނުވަތަ ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތްތައް ކުރުވުން.
- ސެކްޝަނުން ކުރެވޭ އިޢްލާންތަކާ ގުޅިގެން ހުށަހެޅޭ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރުވުން.
- މިނިސްޓްރީން ހިންގާ އެކިއެކި މަޝްރޫޢުތަކާ ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމާބެހޭ ގޮތުން މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން އަހުލުވެރިކުރުވުން.
- މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢުތަކާގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މިނިސްޓްރީގެ ސެކްޝަންތަކުން ކުރާ އިޢުލާނުތަކާ ގުޅިގެން ދެއްވާ މަޢުލޫމާތު ޝީޓުތަކާއި، ބިޑް ޑޮކިއުމެންޓް ތައްޔާރު ކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއެއްގޮތަށް ކަން ކުރެވޭނެގޮތަށް އެފަރާތްތަކަށް ލަފާދީ އެހީތެރިވެދިނުން.
- މިނިސްޓްރީގައި ހުންނަ ފަރނީޗަރާއި އިކްއިޕްމަންޓްސްތައް ރަޖިސްޓަރީކުރެވިފައިވޭތޯ ބެލުން.
- މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ ބިލުތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރުވުން.
- މިނިސްޓްރީގެ އެސެޓް މެނޭޖްކުރުމުގައި ނީލަމަށް ފޮނުވޭ ތަކެއްޗާއި، ގަނެވޭ އަދި ހޯދޭ ހަރުމުދަލުގެ ރެކޯޑްސް ބެލެހެއްޓުމާއި މިނިސްޓްރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ ކަންތައްތައް ހިންގުން.
- މަރާމާތުކުރުމަށް މިނިސްޓްރީން ބޭރަށް ފޮނުވާ މެޝިނަރީއާއި އިކްވިޕްމަންޓްސް އަދި ރާއްޖެއާއި ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، އަނބުރާ ލިބިގެން އެ ސެކްޝަންތަކަށް ހަވާލުކުރުމުގެ މަސައްކަތްތައް ކުރުވުން.
- މިނިސްޓްރީ ތަމްސީލުކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތަކާއި މިނިސްޓްރީން ބާއްވާ ސެމިނާރ ވޯކްޝޮޕްތަކާއި، ފަންކްޝަންސް، އިވެންޓްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރުވުން
- މިނިސްޓްރީގެ މެޓީރިއަލް މެނޭޖްކުރުމުގެ ގޮތުން މިނިސްޓްރީއަށް ހޯދަންޖެހޭ ހަރު މުދާ ހޯދައި، ސްޓޮކް ބަލަހައްޓައި، ސްޓޮކުން ނައްތާލަން ނުވަތަ އުވާލަންޖެހޭ ތަކެތި އުވާލުމާއި، ނީލަމަށް ތަކެތި ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ގަވާޢިދާއި އެއްގޮތަށް ހިންގާތޯ ބެލުން.
- މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެގްރީމެންޓްތައް ތައްޔާރުކުރުވައި އެގްރީމެންޓްތަކުގައި ސޮއިކުރުވުން.
- މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ބޭފުޅުން ފުރުވުމުގެ ކަންތަކާއި ވީ. އައި.ޕީ ފެންވަރުގައި ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުން.
- ޕްރޮކިއުމަންޓުން އެއް އަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި އަހަރީ ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
- ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ފައިސާއާބެހޭ މަސައްކަތް.
- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
|
ހުށަހަޅަންޖެހޭ ތަކެތި: |
-
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
-
ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
-
ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
-
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
-
މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
-
ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
-
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
-
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
ސުންގަޑި:
|
2016 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
|
އިންޓަރވިއު:
|
އިންޓަރވިއުއާއި އިމްތިޙާނުކުރުން 14 އޮގަސްޓު 2016 އާއި 31 އޮގަސްޓު 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
14 ޝައްވާލް 1437
|