ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2016/184
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި: 11 އޮގަސްޓް 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 

އިޢުލާން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2,462/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ކޯޕަރޭޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01 ( އެކެއް )

ޝަރުޠު

  1. އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްއާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު،  އެކައުންޓްސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  5. އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޭޖެންސީ ޓެންޑަރ ކޮމެޓީގެ  އެންމެހައި މަސައްކަތްތައް ހިންގައި ސުޕަވައިޒުކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކާއި ޔުނިޓުތަކަށް ބޭނުންވެގެން ހޯދަންޖެހޭ ނުވަތަ ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތްތައް ކުރުވުން.
  3. ސެކްޝަނުން ކުރެވޭ އިޢްލާންތަކާ ގުޅިގެން ހުށަހެޅޭ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރުވުން.
  4. މިނިސްޓްރީން ހިންގާ އެކިއެކި މަޝްރޫޢުތަކާ ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމާބެހޭ ގޮތުން މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން އަހުލުވެރިކުރުވުން.
  5. މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢުތަކާގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މިނިސްޓްރީގެ ސެކްޝަންތަކުން ކުރާ އިޢުލާނުތަކާ ގުޅިގެން ދެއްވާ މަޢުލޫމާތު ޝީޓުތަކާއި، ބިޑް ޑޮކިއުމެންޓް ތައްޔާރު ކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއެއްގޮތަށް ކަން ކުރެވޭނެގޮތަށް އެފަރާތްތަކަށް ލަފާދީ އެހީތެރިވެދިނުން.
  6. މިނިސްޓްރީގައި ހުންނަ ފަރނީޗަރާއި އިކްއިޕްމަންޓްސްތައް ރަޖިސްޓަރީކުރެވިފައިވޭތޯ ބެލުން.
  7. މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ ބިލުތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރުވުން.
  8. މިނިސްޓްރީގެ އެސެޓް މެނޭޖްކުރުމުގައި ނީލަމަށް ފޮނުވޭ ތަކެއްޗާއި، ގަނެވޭ އަދި ހޯދޭ ހަރުމުދަލުގެ ރެކޯޑްސް ބެލެހެއްޓުމާއި މިނިސްޓްރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ ކަންތައްތައް ހިންގުން.
  9. މަރާމާތުކުރުމަށް މިނިސްޓްރީން ބޭރަށް ފޮނުވާ މެޝިނަރީއާއި އިކްވިޕްމަންޓްސް އަދި ރާއްޖެއާއި ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، އަނބުރާ ލިބިގެން އެ ސެކްޝަންތަކަށް ހަވާލުކުރުމުގެ މަސައްކަތްތައް ކުރުވުން.
  10. މިނިސްޓްރީ ތަމްސީލުކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތަކާއި މިނިސްޓްރީން ބާއްވާ ސެމިނާރ ވޯކްޝޮޕްތަކާއި، ފަންކްޝަންސް، އިވެންޓްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރުވުން
  11. މިނިސްޓްރީގެ މެޓީރިއަލް މެނޭޖްކުރުމުގެ ގޮތުން މިނިސްޓްރީއަށް ހޯދަންޖެހޭ ހަރު މުދާ ހޯދައި، ސްޓޮކް ބަލަހައްޓައި، ސްޓޮކުން ނައްތާލަން ނުވަތަ އުވާލަންޖެހޭ ތަކެތި އުވާލުމާއި، ނީލަމަށް ތަކެތި ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ގަވާޢިދާއި އެއްގޮތަށް ހިންގާތޯ ބެލުން.
  12. މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެގްރީމެންޓްތައް ތައްޔާރުކުރުވައި އެގްރީމެންޓްތަކުގައި ސޮއިކުރުވުން.
  13. މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ބޭފުޅުން ފުރުވުމުގެ ކަންތަކާއި ވީ. އައި.ޕީ ފެންވަރުގައި ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުން.
  14. ޕްރޮކިއުމަންޓުން އެއް އަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި އަހަރީ ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ފައިސާއާބެހޭ މަސައްކަތް.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
 ހުށަހަޅަންޖެހޭ ތަކެތި:
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:  

2016 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާނުކުރުން 14 އޮގަސްޓު 2016 އާއި 31 އޮގަސްޓު 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

14 ޝައްވާލް 1437  

 

21 ޖުލައި 2016