ދިވެހިރާއްޖެ
އިޢުލާން
މެރިން ރިސާރޗް ސެންޓަރަށް ތިރީގައި މިދަންނަވާ ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
ބޭނުންވާ ތާރީޚު: 25.08.2016 އިން 06.09.2016 އަށް.
ދަތުރުގެ ތަފުސީލު: މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ އަދި ޅ އަތޮޅަށެވެ. މި ދަތުރުގައި މުޅިއެކު 10 މުވައްޒަފުން ބައިވެރިވާނެއެވެ.
ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޑައިވް ސައިޓުތަކާއި ރަށްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި އޮންނަ މަޢުލޫމާތު ދޭ ބައްދަލުވުމުގައި ދެވޭނެއެވެ.
ޝަރުޠު: މި ދަތުރުގައި ޑައިވްކުރުމަށް ހަމަޖެހިފައިވުމުން ޑައިވް ދޯންޏަކާއި ޑިންގީއެއް އޮންނަންވާނެއެވެ. އަދި މަދުވެގެން 4 މީހުންނަށް ޑައިވް ކުރެވޭނެ ސާމާނު ހުންނަންވާނެއެވެ. އަދި މި އުޅަނދުގައި މަދުވެގެން 5 ކޮޓަރި ހުންނަންވާނެއެވެ. އަދި ތިންއިރުގެ ކެއިންބުއިން ލިބިދޭންޖެހޭނެއެވެ. މީގެ އިތުރުން ޑައިވިންގ ޓޭންކްތަކަށް ވައި އެޅޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.
ވީމާ، މި ދަތުރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި އޮފީހަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
2016 ޖުލައި 31 އާދީއްތަ ދުވަހުގެ 11:00 އަށް |
2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322238 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.