ކުއްޔަށް ހިފުން
ނަންބަރު: (IUL)30-C/30/2016/61
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 20 ޖުލައި 2016 00:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިން ރިސާރޗް ސެންޓަރަށް ތިރީގައި މިދަންނަވާ ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މެރިން ރިސާރޗް ސެންޓަރަށް ތިރީގައި މިދަންނަވާ ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ބޭނުންވާ ތާރީޚު: 25.08.2016 އިން 06.09.2016 އަށް. 

ދަތުރުގެ ތަފުސީލު: މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ އަދި ޅ އަތޮޅަށެވެ. މި ދަތުރުގައި މުޅިއެކު 10 މުވައްޒަފުން ބައިވެރިވާނެއެވެ.

ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޑައިވް ސައިޓުތަކާއި ރަށްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި އޮންނަ މަޢުލޫމާތު ދޭ ބައްދަލުވުމުގައި ދެވޭނެއެވެ.

ޝަރުޠު: މި ދަތުރުގައި ޑައިވްކުރުމަށް ހަމަޖެހިފައިވުމުން ޑައިވް ދޯންޏަކާއި ޑިންގީއެއް އޮންނަންވާނެއެވެ. އަދި މަދުވެގެން 4 މީހުންނަށް ޑައިވް ކުރެވޭނެ ސާމާނު ހުންނަންވާނެއެވެ.  އަދި މި އުޅަނދުގައި މަދުވެގެން 5 ކޮޓަރި ހުންނަންވާނެއެވެ. އަދި ތިންއިރުގެ ކެއިންބުއިން ލިބިދޭންޖެހޭނެއެވެ. މީގެ އިތުރުން ޑައިވިންގ ޓޭންކްތަކަށް ވައި އެޅޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

ވީމާ، މި ދަތުރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި އޮފީހަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

2016 ޖުލައި 31 އާދީއްތަ ދުވަހުގެ 11:00 އަށް

2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322238 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

20 ޖުލައި 2016