ވަޒީފާގެ ފުރުޞަތު
|
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ
|
މަޤާމު:
|
ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ކްލެސިފިކޭޝަން:
|
MS2
|
ރޭންކް
|
-/6295 ރުފިޔާ
|
މުސާރަ:
|
ސަރވިސް އެލަވަންސް: -/2000 ރ
ފިނޭންސް އެލަވަންސް: މުސާރައިގެ %35
|
އެހެނިހެން އިނާޔަތްތައް
|
02
|
ބޭނުންވާ އަދަދު
|
ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސް
ސެންސަސް އެންޑް ސޯޝަލް އެނާލިސިސް
|
ބޭނުންވާ ސެކްޝަން
|
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:
|
1. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
3. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސް
- ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) އަންދާޒާކުރުމަށް ބޭނުންވާ އިންޑިކޭޓަރސް ހޯދައި، އަޕްޑޭޓްކޮށް ޗެކުކުރުން.
- ކުންފުނިތަކުގެ އަހަރީހިސާބުތައް ކޮމްބައިން ކުރުމާއި، އެސް.އެން.އޭ ފޯމެޓަށް ކޮންވަރޓްކޮށް އެނަލިސިސް ރިޕޯޓް އެކުލަވާލުން
- ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ހޯދައި، ސިސްޓަމް އޮފް ނެޝަނަލް އެކައުންޓްސް ފޯމެޓަށް ހެދުމާއި ބަޖެޓް އެނަލިސިސް ރިޕޯޓެއް ތައްޔާރުކުރުން.
- ސަޕްލައި އެންޑް ޔޫސް ޓޭބަލް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި އެކުލަވާލުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވުން
- ޖީ.ޑީ.ޕީ އިން ދައްކުވައިދޭ މަޢުލޫމާތުތަކުގެ އަލީގައާއި އިޤްތިޞާދީ ދާއިރާތަކުގެ އިންޑިކޭޓަރތަކަށް ބަލައި ރާއްޖޭގެ އިޤުތިޞާދީ ހާލަތާ ބެހޭގޮތުން، ކޮންމެ ޖީ.ޑީ.ޕީ ރިވިޝަނަކަށްފަހު ލިޔުމެއް ތައްޔާރުކޮށް ޝާއިޢުކޮށް އާންމުކުރުން.
- ކުއަރޓަލީ ނޭޝަނަލް އެކައުންޓްސް އެކުލަވާލުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވުން
- ޖީ.ޑީ.ޕީ އާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވޭ ވާރކްޝޮޕްތަކުގެ ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކުރުމާއި، ޕްރެޒެންޓޭޝަން ދިނުން.
- ބައިނަލްއަޤްވާމީ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ ޤައުމީ ހިސާބުތައް ތައްޔާރުކޮށް ފޯރުކޮށްދިނުން.
- ސެކްޝަންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
- ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކުރުން.
- ބޯހިމެނުން އަދި އިޤްތިޞާދީ ސަރވޭތައް ރާވައި ހިންގުމުގައި އެހީތެރިވުން.
- ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަނުގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- ތަފާސްހިސާބުގެ އަހަރީފޮތުގެ ޤައުމީ ހިސާބުތަކާ ގުޅުންހުރި ލިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ތަފާސްހިސާބުގެ ގަވާއިދަށް ޢަމަލުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.
ސެންސަސް އެންޑް ސޯޝަލް އެނަލިސިސް
- އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ދިރާސާ ރިފޯޓް ލިޔުން.
- އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މައްޗަށް ބިނާކޮށް އާބާދީގެ އަންދާޒާ ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
- ލައިފް ޓޭބަލް އަދި އާބާދީ އަންދާޒާތައް ތައްޔާރުކުރުން.
- އާބާދީއާއި އިޖުތިމާޢީ ގުޅުންހުރި އިންޑިކޭޓަރސްތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
- އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ތާވަލްތައް ނެގުމުގެ މަސައްކަތްކުރުން.
- ޑިމޮގްރަފިކް މަޢުލޫމާތު އާންމުކުރުމާއި، އަދި އެ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދިނުމާއި، އެމަސައްކަތްކުރުން.
- ރިޕޯޓްތަކަށް ކޮމެންޓްކުރުމާއި، ލަފާދިނުމާއި، އެމަސައްކަތްކުރުން.
- ބޯހިމެނުމުގެ މަސައްކަތް ރާއްޖޭގައި ހިންގުމުގެ މަސައްކަތްތައްކުރުން.
- ބޯހިމެނުމުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
- ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރާ އިނިއުމަރޭޓަރުންނާއި، ސުޕަވައިޒަރުންގެ އަތްމަތީފޮތް ތައްޔާރުރުން.
- ބޯހިމެނުންކުރިއަށް ގެންދާނޭގޮތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.
- ބޯހިމެނުމުގެ ސުވާލުތަކަށް ބިނާކޮށް ޓެބިއުލޭޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.
- ބޯހިމެނުމުގެ ޑޭޓާ ބޭނުންކުރައްވާ ފަރާތްތަކަށް ހިންގާ މަސައްކަތު ބައްދަލުވުގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.
- ބޯހިމެނުމުގެ ސުވާލުކަރުދާސް ޓެސްޓުކުރުމުގެ މަސައްކަތްކުރުން.
- ބޯހިމެނުމަށްޓަކައި އިނިއުމަރޭޓަރުން ތަމްރީނު ކުރުމުގެ މަސައްކަތްކުރުން.
- ބޯހިމެނުމުގެ ވަގުތީނަތީޖާ އެކުލަވައިލުމާއި، އަދި ނަތީޖާ އާންމުކުރުމުގެ މަސައްކަތްކުރުން.
- ބޯހިމެނުމުގެ މަޢުލޫމާތުތައް ކޯޑު ދިނުމާއި، ކޮމްޕިއުޓަރަށް ލުމުގެ މަސައްކަތް ސުޕަވައިޒްކުރުން.
- ވިހާމަރުވާ ހިސާބުތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
- އާބާދީއާއި އިޖުތިމާޢީ ތަފާސްހިސާބުތައް ޗެކްކުރުމާއި އެ މަޢުލޫމާތުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.
- ރިޕޯޓްތަކުގައި ހިމެނޭ ތަފާސްހިސާބުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.
- ބޯހިމެނުމުގައި ބޭނުންކުރެވޭ ޗާޓުތައް ތައްޔާރުކުރުމަށްޓަކައި ޗާޓުތައް ރަށްތަކަށް ފޮނުވުމާއި، އަޕްޑޭޓްކުރުމާއި، ޗާޓުތަކުގައި ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ސުޕަވައިޒްކުރުން.
- ބޯހިމެނުމަށްޓަކައި މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްކުރުން.
- ބޯހިމެނުމުގެ ނަތީޖާތައް ކޮމްޕިއުޓަރަށް ލުމަށްޓަކައި ޕްރޮގްރާމް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުގެ ލަނޑުދަނޑިތަކާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ) އަދި ސާކް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ)ގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު އާންމުކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެކުލަވައިލުން
- މީގެ އިތުރުން އިޖުތިމާޢީ ތަފާސްހިސާބު ހަރުދަނާ ކުރުމަށް އެކިއެކި ވުޒާރާތަކުގައި ބޭނުންކުރެވޭ އިދާރީ ރަޖިސްޓަރީތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އިތުރު އިނާޔަތްތައް:
|
މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަރވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ޖިސްމާނީ، ނަފުސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
- މިވަޒީފާތަކަށް މީހުން ހޮވުމުގައި ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ/ މާލެއިން ބޭރަށް އޮފީސް މަސައްކަތުގައި ދެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް.
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓްލިސްޓު ކުރުން
|
19 ޖުލައި 2016 ވާ އަންގާރަ ދުވަހުގެ 12:00 އަށް.
|
ސުންގަޑި:
|
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު އަދި ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިބިއުރޯގެ ވެބްސައިޓް http://statisticsmaldives.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.
|
އިތުރު މައުލޫމާތު:
|