ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2016/14
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 19 ޖުލައި 2016 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ  

މަޤާމު:

ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

ކްލެސިފިކޭޝަން:

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން އިނާޔަތްތައް

02

ބޭނުންވާ އަދަދު

ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސް

ސެންސަސް އެންޑް ސޯޝަލް އެނާލިސިސް

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ

2. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ                    

3. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސް 

  1. ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) އަންދާޒާކުރުމަށް ބޭނުންވާ އިންޑިކޭޓަރސް ހޯދައި، އަޕްޑޭޓްކޮށް ޗެކުކުރުން.
  2. ކުންފުނިތަކުގެ އަހަރީހިސާބުތައް ކޮމްބައިން ކުރުމާއި، އެސް.އެން.އޭ ފޯމެޓަށް ކޮންވަރޓްކޮށް އެނަލިސިސް ރިޕޯޓް އެކުލަވާލުން
  3. ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ހޯދައި، ސިސްޓަމް އޮފް ނެޝަނަލް އެކައުންޓްސް ފޯމެޓަށް ހެދުމާއި ބަޖެޓް އެނަލިސިސް ރިޕޯޓެއް ތައްޔާރުކުރުން.
  4. ސަޕްލައި އެންޑް ޔޫސް ޓޭބަލް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި އެކުލަވާލުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވުން
  5. ޖީ.ޑީ.ޕީ އިން ދައްކުވައިދޭ މަޢުލޫމާތުތަކުގެ އަލީގައާއި އިޤްތިޞާދީ ދާއިރާތަކުގެ އިންޑިކޭޓަރތަކަށް ބަލައި ރާއްޖޭގެ އިޤުތިޞާދީ ހާލަތާ ބެހޭގޮތުން، ކޮންމެ ޖީ.ޑީ.ޕީ ރިވިޝަނަކަށްފަހު ލިޔުމެއް ތައްޔާރުކޮށް ޝާއިޢުކޮށް އާންމުކުރުން.
  6. ކުއަރޓަލީ ނޭޝަނަލް އެކައުންޓްސް އެކުލަވާލުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވުން
  7. ޖީ.ޑީ.ޕީ އާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވޭ ވާރކްޝޮޕްތަކުގެ ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކުރުމާއި، ޕްރެޒެންޓޭޝަން ދިނުން.
  8. ބައިނަލްއަޤްވާމީ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ ޤައުމީ ހިސާބުތައް ތައްޔާރުކޮށް ފޯރުކޮށްދިނުން.
  9. ސެކްޝަންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  10. ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކުރުން.
  11. ބޯހިމެނުން އަދި އިޤްތިޞާދީ ސަރވޭތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  12. ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަނުގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  13. ތަފާސްހިސާބުގެ އަހަރީފޮތުގެ ޤައުމީ ހިސާބުތަކާ ގުޅުންހުރި ލިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  14. ތަފާސްހިސާބުގެ ގަވާއިދަށް ޢަމަލުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  15. ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

ސެންސަސް އެންޑް ސޯޝަލް އެނަލިސިސް

  1. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ދިރާސާ ރިފޯޓް ލިޔުން.
  2. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މައްޗަށް ބިނާކޮށް އާބާދީގެ އަންދާޒާ ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  3. ލައިފް ޓޭބަލް އަދި އާބާދީ އަންދާޒާތައް ތައްޔާރުކުރުން.
  4. އާބާދީއާއި އިޖުތިމާޢީ ގުޅުންހުރި އިންޑިކޭޓަރސްތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
  5. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ތާވަލްތައް ނެގުމުގެ މަސައްކަތްކުރުން.
  6. ޑިމޮގްރަފިކް މަޢުލޫމާތު އާންމުކުރުމާއި، އަދި އެ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދިނުމާއި، އެމަސައްކަތްކުރުން.
  7. ރިޕޯޓްތަކަށް ކޮމެންޓްކުރުމާއި، ލަފާދިނުމާއި، އެމަސައްކަތްކުރުން.
  8. ބޯހިމެނުމުގެ މަސައްކަތް ރާއްޖޭގައި ހިންގުމުގެ މަސައްކަތްތައްކުރުން.
  9. ބޯހިމެނުމުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  10. ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރާ އިނިއުމަރޭޓަރުންނާއި، ސުޕަވައިޒަރުންގެ އަތްމަތީފޮތް ތައްޔާރުރުން.
  11. ބޯހިމެނުންކުރިއަށް ގެންދާނޭގޮތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.
  12. ބޯހިމެނުމުގެ ސުވާލުތަކަށް ބިނާކޮށް ޓެބިއުލޭޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.
  13. ބޯހިމެނުމުގެ ޑޭޓާ ބޭނުންކުރައްވާ ފަރާތްތަކަށް ހިންގާ މަސައްކަތު ބައްދަލުވުގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.
  14. ބޯހިމެނުމުގެ ސުވާލުކަރުދާސް ޓެސްޓުކުރުމުގެ މަސައްކަތްކުރުން.
  15. ބޯހިމެނުމަށްޓަކައި އިނިއުމަރޭޓަރުން ތަމްރީނު ކުރުމުގެ މަސައްކަތްކުރުން.
  16. ބޯހިމެނުމުގެ ވަގުތީނަތީޖާ އެކުލަވައިލުމާއި، އަދި ނަތީޖާ އާންމުކުރުމުގެ މަސައްކަތްކުރުން.
  17. ބޯހިމެނުމުގެ މަޢުލޫމާތުތައް ކޯޑު ދިނުމާއި، ކޮމްޕިއުޓަރަށް ލުމުގެ މަސައްކަތް ސުޕަވައިޒްކުރުން.
  18. ވިހާމަރުވާ ހިސާބުތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
  19. އާބާދީއާއި އިޖުތިމާޢީ ތަފާސްހިސާބުތައް ޗެކްކުރުމާއި އެ މަޢުލޫމާތުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.
  20. ރިޕޯޓްތަކުގައި ހިމެނޭ ތަފާސްހިސާބުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.
  21. ބޯހިމެނުމުގައި ބޭނުންކުރެވޭ ޗާޓުތައް ތައްޔާރުކުރުމަށްޓަކައި ޗާޓުތައް ރަށްތަކަށް ފޮނުވުމާއި، އަޕްޑޭޓްކުރުމާއި، ޗާޓުތަކުގައި ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ސުޕަވައިޒްކުރުން.
  22. ބޯހިމެނުމަށްޓަކައި މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްކުރުން.
  23. ބޯހިމެނުމުގެ ނަތީޖާތައް ކޮމްޕިއުޓަރަށް ލުމަށްޓަކައި ޕްރޮގްރާމް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.
  24. ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުގެ ލަނޑުދަނޑިތަކާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ) އަދި ސާކް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ)ގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު އާންމުކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެކުލަވައިލުން
  25. މީގެ އިތުރުން އިޖުތިމާޢީ ތަފާސްހިސާބު ހަރުދަނާ ކުރުމަށް އެކިއެކި ވުޒާރާތަކުގައި ބޭނުންކުރެވޭ އިދާރީ ރަޖިސްޓަރީތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:

މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު

- ޖިސްމާނީ، ނަފުސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު 

- މިވަޒީފާތަކަށް މީހުން ހޮވުމުގައި ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ/ މާލެއިން ބޭރަށް އޮފީސް މަސައްކަތުގައި ދެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ވަޒީފާއަށް އެދޭ ފޯމު

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް.

- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓު ކުރުން

19 ޖުލައި 2016 ވާ އަންގާރަ ދުވަހުގެ 12:00 އަށް.

ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ.
  • ވަޒީފާއަށް އެދޭ ފޯމު އަދި ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިބިއުރޯގެ ވެބްސައިޓް http://statisticsmaldives.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މައުލޫމާތު:

10 ޖުލައި 2016