ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކިތްތަކުގެ މަރާމާތުތައް ކޮށްދޭނޭ ފަރާތްތައް ހޯދުމަށް
އިޢުލާން
ވަންދޫގެ މިސްކިތްތައް މަރާމާތުކުރުމާ ގުޅޭ:
ތިރީގައި ބަޔާންކުރެވިފައިވާ ވަންދޫގެ މިސްކިތްތަކުގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 7980047 ފޯނަށެވެ.
- ނަސްރި މިސްކިތް: މިސްކިތުގެ 2 ވަޅު، ބިމާ ހަމައިން ނެގުމަށްފަހު، އަލުން ރާނައި ސިމެންތިޖަހައި މުށިޖެހުން.
- ފަތަޙަ މިސްކިތް: މިސްކިތުގެ ވަޅުގައިހުރި މަރާމާތުތައްކޮށް ވަޅުގެ ވަށައިގެންވާ ތަޅުންގަނޑު ތަޅާލުމަށްފަހު އަލުން ރާނައި ތަޅުން އެޅުން.
- ޒިޔާރަތް މިސްކިތް: މިސްކިތާއި ވަޅާ ދެމެދުގައިވާ ގާތައް ނަގައި އުކާލުން. އަދި އެތަނުގައި އަލުން ސިމެންތިން ގާ ހެދުން އަދި ނުކައްސާފަދަ ތަށިމުށްޓެއް ޖެހުން.
- ފަތަޙަ އަދި ޒިޔާރަތް މިސްކިތުގެ ވަށާފާރު ރޭނުން.
5 ޝައްވާލް 1437
10 ޖުލައި 2016
ހޯދާ