މަސައްކަތް
ނަންބަރު: 45/388/2016-7-N
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 17 ޖުލައި 2016 10:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ މަރާމާތުތައް ކޮށްދޭނޭ ފަރާތްތައް ހޯދުމަށް

އިޢުލާން

ވަންދޫގެ މިސްކިތްތައް މަރާމާތުކުރުމާ ގުޅޭ:

ތިރީގައި ބަޔާންކުރެވިފައިވާ ވަންދޫގެ މިސްކިތްތަކުގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 7980047 ފޯނަށެވެ.

  1. ނަސްރި މިސްކިތް: މިސްކިތުގެ 2 ވަޅު، ބިމާ ހަމައިން ނެގުމަށްފަހު، އަލުން ރާނައި ސިމެންތިޖަހައި މުށިޖެހުން.
  2. ފަތަޙަ މިސްކިތް: މިސްކިތުގެ ވަޅުގައިހުރި މަރާމާތުތައްކޮށް ވަޅުގެ ވަށައިގެންވާ ތަޅުންގަނޑު ތަޅާލުމަށްފަހު އަލުން ރާނައި ތަޅުން އެޅުން.
  3. ޒިޔާރަތް މިސްކިތް: މިސްކިތާއި ވަޅާ ދެމެދުގައިވާ ގާތައް ނަގައި އުކާލުން. އަދި އެތަނުގައި އަލުން ސިމެންތިން ގާ ހެދުން އަދި ނުކައްސާފަދަ ތަށިމުށްޓެއް ޖެހުން.
  4. ފަތަޙަ އަދި ޒިޔާރަތް މިސްކިތުގެ ވަށާފާރު ރޭނުން.

5 ޝައްވާލް 1437

10 ޖުލައި 2016