ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މުސާރަ: މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
||
އުޖޫރައާއި ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި މަހަކު މުސާރައިގެ %35 ލިބޭނެއެވެ. |
||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ރަށް: |
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ސަޕޯޓް ސަރވިސް / އައި.ސީ.ޓީ/ މާލެ |
||
އަސާސީ ޝަރުޠު: |
1. އައި.ސީ. ޓީ. ގެ ދާއިރާއަކުން ދިވެހިރާއްޖޭގޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެގެ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
- އައިޑީ ކާޑާއި، އޮފީސްތަކުގެ ކާކުކަން އަންގައިދޭ ކާޑު ޕްރިންޓްކުރުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރުން. - އެހެން އޮފީސްތަކަށް ހަދައިދޭ ކާކުކަން އަންގައިދޭ ކާޑު ހެދުމާބެހޭ އެންމެހައި މަސައްކަތް ކުރުން. - ކޮންމެ ދުވަހެއްގެ ސެކްޝަން ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - އައި.ޑީ.ކާޑު ހެދުމުގައި ދިމާވާ އެންމެހައި ޓެކްނިކަލް މައްސަލަ ޙައްލުކުރުމުގައި ބައިވެރިވުން. - ޑިސްކާޑު ކުރަންޖެހޭ ޕްރިންޓިންގ ކޮންޒިއުބަލްސް ދުވަހުން ދުވަހަށް އެޑްމިންއާ ހަވާލުކުރުން. - ސެކްޝަނުގައި ފައިލުކުރަންޖެހޭ ތަކެތި ހަވާލުކުރުމުން، ފައިލުކޮށް ބެލެހެއްޓުން. - ހަލާކުވާ ކާޑުތައް ޕްރިންޓްރޫމުން ޑިސްކާޑުކުރުމަށް ހަވާލުކުރުމުން ޑިސްކާޑު ކުރުން. - އައި. ސީ. ޓީ އިން ބަލަހައްޓަންޖެހޭ އިކްއިޕްމަންޓުގެ އިންވެންޓްރީ ބެލެހެއްޓުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1- މަސައްކަތުގެ ތަޖުރިބާ. 2- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް. 3- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން. 4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން. 5- ކޮމްޕިއުޓަރުގެ މަސައްކަތައް އަހުލުވެރިވާ މިންވަރު. 6- މާޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުން. |
||
އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރިޚަކާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ތަކެތި: |
- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dnr.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެެވެ.) - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އެނގޭގޮތަށް) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. |
||
ސުންގަޑި: |
2016 ޖުލައި 25 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގޭގެ ހަތަރުވަނަ ފަންގިފިލާ) |
||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް 3323815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
30 ރަމަޟާން 1437