ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް: | އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ    | ||
| މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | ||
| މަޤާމުގެ ރޭންކް: | ޖީ. އެސް. 3 | ||
| ބޭނުންވާ އަދަދު: | 1 (އެކެއް) | ||
| މުސާރަ: މަހަކު -/4،465 ރުފިޔާ | ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ | ||
| އުޖޫރައާއި ޢިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި މަހަކު މުސާރައިގެ %35 ލިބޭނެއެވެ. | ||
| ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ރަށް: | ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ސަޕޯޓް ސަރވިސް / އައި.ސީ.ޓީ/ މާލެ | ||
| 
 އަސާސީ ޝަރުޠު: | 1. އައި.ސީ. ޓީ. ގެ ދާއިރާއަކުން ދިވެހިރާއްޖޭގޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެގެ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. | ||
| 
 
 މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: | - އައިޑީ ކާޑާއި، އޮފީސްތަކުގެ ކާކުކަން އަންގައިދޭ ކާޑު ޕްރިންޓްކުރުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރުން. - އެހެން އޮފީސްތަކަށް ހަދައިދޭ ކާކުކަން އަންގައިދޭ ކާޑު ހެދުމާބެހޭ އެންމެހައި މަސައްކަތް ކުރުން. - ކޮންމެ ދުވަހެއްގެ ސެކްޝަން ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - އައި.ޑީ.ކާޑު ހެދުމުގައި ދިމާވާ އެންމެހައި ޓެކްނިކަލް މައްސަލަ ޙައްލުކުރުމުގައި ބައިވެރިވުން. - ޑިސްކާޑު ކުރަންޖެހޭ ޕްރިންޓިންގ ކޮންޒިއުބަލްސް ދުވަހުން ދުވަހަށް އެޑްމިންއާ ހަވާލުކުރުން. - ސެކްޝަނުގައި ފައިލުކުރަންޖެހޭ ތަކެތި ހަވާލުކުރުމުން، ފައިލުކޮށް ބެލެހެއްޓުން. - ހަލާކުވާ ކާޑުތައް ޕްރިންޓްރޫމުން ޑިސްކާޑުކުރުމަށް ހަވާލުކުރުމުން ޑިސްކާޑު ކުރުން. - އައި. ސީ. ޓީ އިން ބަލަހައްޓަންޖެހޭ އިކްއިޕްމަންޓުގެ އިންވެންޓްރީ ބެލެހެއްޓުން. | ||
| 
 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: | 1- މަސައްކަތުގެ ތަޖުރިބާ. 2- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް. 3- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން. 4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން. 5- ކޮމްޕިއުޓަރުގެ މަސައްކަތައް އަހުލުވެރިވާ މިންވަރު. 6- މާޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުން. | ||
| އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރިޚަކާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | ||
| 
 
 ހުށަހަޅަންޖެހޭ ތަކެތި: | - ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dnr.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެެވެ.) - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އެނގޭގޮތަށް) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. | ||
| ސުންގަޑި: | 2016 ޖުލައި 25 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގޭގެ ހަތަރުވަނަ ފަންގިފިލާ) | ||
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ހޯދުމަށް 3323815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. | ||
30 ރަމަޟާން 1437