ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
މަސައްކަތު |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|
މަޤާމުގެ ރޭންކް: |
އެސް. އެސް 1 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: މަހަކު -/3،100 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ |
|
އުޖޫރައާއި ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން / ރަށް: |
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ކަސްޓަމަރ ސަރވިސް ސެކްޝަން / އެޑްމިން، ބަޖެޓް ހިއުމަންރިސޯސް އެންޑް ޖެނެރަލް ސަރވިސް/ މާލެ. |
|
އަސާސީ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
- އޮފީހުން ބަހަންޖެހޭ ސިޓީ/ޕާރުސަލް ޤަވާޢިދުން ބެހުން. - އޮފީސްތެރެއާއި ފާޚާނާތައް ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން. - ޕްރިންޓް ރޫމުން ކާޑުތައް ދޫކުރުމަށް ގެންގޮސްދިނުން. - އޮފީހުގެ އިސްވެރިޔާގެ ކޮޓަރިކޮޅު ސާފުކޮށް ބެލެހެއްޓުން. - އޮފީހުން ހިންގާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވުން. |
|
މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންކަން: |
މި ވަޒީފާއަށް މީހަކު ހޮވުމުގައި، ސައިކަލު ދުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ތަކެތި: |
- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްސް އެނގޭ ގޮތަށް) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. |
|
ސުންގަޑި: |
2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގޭގެ ހަތަރުވަނަ ފަންގިފިލާ) |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް 3323815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
6 ޝައްވާލް 1437