ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް:   | މަސައްކަތު | |
| މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 1 | |
| މަޤާމުގެ ރޭންކް: | އެސް. އެސް 1 | |
| ބޭނުންވާ އަދަދު: | 1 (އެކެއް) | |
| މުސާރަ: މަހަކު -/3،100 ރުފިޔާ | ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ | |
| އުޖޫރައާއި ޢިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | |
| ވަޒީފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން / ރަށް: | ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ކަސްޓަމަރ ސަރވިސް ސެކްޝަން / އެޑްމިން، ބަޖެޓް ހިއުމަންރިސޯސް އެންޑް ޖެނެރަލް ސަރވިސް/ މާލެ. | |
| އަސާސީ ޝަރުޠު: | 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. | |
| 
 މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: | - އޮފީހުން ބަހަންޖެހޭ ސިޓީ/ޕާރުސަލް ޤަވާޢިދުން ބެހުން. - އޮފީސްތެރެއާއި ފާޚާނާތައް ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން. - ޕްރިންޓް ރޫމުން ކާޑުތައް ދޫކުރުމަށް ގެންގޮސްދިނުން. - އޮފީހުގެ އިސްވެރިޔާގެ ކޮޓަރިކޮޅު ސާފުކޮށް ބެލެހެއްޓުން. - އޮފީހުން ހިންގާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވުން. | |
| މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންކަން: | މި ވަޒީފާއަށް މީހަކު ހޮވުމުގައި، ސައިކަލު ދުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | |
| އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | |
| 
 
 
 ހުށަހަޅަންޖެހޭ ތަކެތި: | - ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްސް އެނގޭ ގޮތަށް) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. | |
| ސުންގަޑި: | 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގޭގެ ހަތަރުވަނަ ފަންގިފިލާ) | |
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ހޯދުމަށް 3323815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. | |
6 ޝައްވާލް 1437