ދިވެހިރާއްޖެ
އިޢުލާން
މި ސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރު COL/1/2016/09(IUL) (29 ޖޫން 2016) އިޢުލާނާ ގުޅިގެން ތިރީގައިމިވާ 4 މާއްދާއަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައި ނުވާތީ، އެ މަސައްކަތްތަކަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:
|
ކޯސް |
މާއްދާ |
1 |
ބެޗްލަރސް އޮފް ޓީޗިންގ އިސްލާމް |
އިސްލާމިކް ފެއިތު 2 |
2 |
ބެޗްލަރސް އޮފް ނަރސިންގ |
ކޮލިޓީ އެޝުއަރެންސް އިން ހެލްތު ކެޔަރ |
3 |
ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ ދިވެހި ލޭންގުވިޖް އެންޑް ލިޓްރެޗަރ |
ގަވާއިދު ކިޔަވައިދިނުމުގެ ގޮތްތައް |
|
|
ބަހަވީ ޢިލްމުގެ ތަޢާރަފް 2 |
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި، ފޯނު ނަމްބަރު 3345188 އަށް ގުޅުއްވުން އެދެމެވެ.
7 ޝައްވާލް 1437