ދިވެހިރާއްޖެ
އިޢުލާން
މި ސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރު COL/1/2016/09(IUL) (29 ޖޫން 2016) އިޢުލާނާ ގުޅިގެން ތިރީގައިމިވާ 4 މާއްދާއަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައި ނުވާތީ، އެ މަސައްކަތްތަކަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:
| 
 
  | 
 ކޯސް  | 
 މާއްދާ  | 
| 
 1  | 
 ބެޗްލަރސް އޮފް ޓީޗިންގ އިސްލާމް  | 
 އިސްލާމިކް ފެއިތު 2  | 
| 
 2  | 
 ބެޗްލަރސް އޮފް ނަރސިންގ  | 
 ކޮލިޓީ އެޝުއަރެންސް އިން ހެލްތު ކެޔަރ  | 
| 
 3  | 
 ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ ދިވެހި ލޭންގުވިޖް އެންޑް ލިޓްރެޗަރ  | 
 ގަވާއިދު ކިޔަވައިދިނުމުގެ ގޮތްތައް  | 
| 
 
  | 
 
  | 
 ބަހަވީ ޢިލްމުގެ ތަޢާރަފް 2  | 
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި، ފޯނު ނަމްބަރު 3345188 އަށް ގުޅުއްވުން އެދެމެވެ.
7 ޝައްވާލް 1437