ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ސުޕަވައިޒަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ.އެސް. 3 / އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ގިންތި
|
ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ޔުނިޓް
|
ކ. މާލެ / ޕަބްލިކް ވަރކްސް ސަރވިސަސް، އޮޕަރޭޝަންސް ސެކްޝަން
|
މުސާރައާއި ޢިނާޔަތްތައް
|
މުސާރަ: -/4,465 ރުފިޔާ
ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
|
މަޤާމުގެ ޝަރުޠު
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރަސްފަންނު އަދި ޕާކްތައް ބެލެހެއްޓުން. އަދި މިތަންތަނުގައި ހުންނަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
- ރަސްފަންނު އަދި ޕާކްތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ކަމާބެހޭ ޔުނިޓްތަކަށް އެހީތެރިވުން.
- ރަސްފަންނު އަދި ޕާކްތަކުގެ ޑިއުޓީ ޝެޑިއުލްކުރުން.
- ރަސްފަންނު އަދި ޕާކްތަކުގައި ބޭއްވޭ އިވެންޓްތައް ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން.
- ރަސްފަންނު އަދި ޕާކްތަކުގައި ކުރެވޭ މަސައްކަތްތަކުގެ ރެކޯޑްސް ބެލެހެއްޓުން.
- ރަސްފަންނު އަދި ޕާކްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިކޯޑްސް ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
1. ތަޢުލީމާއި ތަމްރީނު.
2. މަސައްކަތުގެ ތަޖުރިބާ.
3. އިންޓަރވިއު.
4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
5. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީން މަގު، މާފަންނު/ މާލެ) ގެ ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
|
އިންޓަރވިއު ކުރުން:
- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2016 ޖުލައި- އޮގަސްޓުމަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު / މާލެ) ގައެވެ.
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ ޕަބްލިކް ވަރކްސް ސަރވިސަސް މާލޭ އޮފީހުންނެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
24 ރަމަޟާން 1437
|