ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 447-HR/1/2016/18
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 17 ޖުލައި 2016 14:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ސުޕަވައިޒަރ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސުޕަވައިޒަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް. 3 / އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

02 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ކ. މާލެ / ޕަބްލިކް ވަރކްސް ސަރވިސަސް، އޮޕަރޭޝަންސް ސެކްޝަން

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/4,465 ރުފިޔާ

ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރަސްފަންނު އަދި ޕާކްތައް ބެލެހެއްޓުން. އަދި މިތަންތަނުގައި ހުންނަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  2. ރަސްފަންނު އަދި ޕާކްތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ކަމާބެހޭ ޔުނިޓްތަކަށް އެހީތެރިވުން.
  3. ރަސްފަންނު އަދި ޕާކްތަކުގެ ޑިއުޓީ ޝެޑިއުލްކުރުން.
  4. ރަސްފަންނު އަދި ޕާކްތަކުގައި ބޭއްވޭ އިވެންޓްތައް ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން.
  5. ރަސްފަންނު އަދި ޕާކްތަކުގައި ކުރެވޭ މަސައްކަތްތަކުގެ ރެކޯޑްސް ބެލެހެއްޓުން.
  6. ރަސްފަންނު އަދި ޕާކްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިކޯޑްސް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީން މަގު، މާފަންނު/ މާލެ) ގެ ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

އިންޓަރވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2016 ޖުލައި- އޮގަސްޓުމަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު / މާލެ) ގައެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ ޕަބްލިކް ވަރކްސް ސަރވިސަސް މާލޭ އޮފީހުންނެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ރަމަޟާން 1437

29 ޖޫން 2016