ދިވެހިރާއްޖެ
އިޢުލާން
އއ. ފެރިދޫ ސްޕޯޓްސް އެރީނާ ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުން:
އއ. ފެރިދޫ ސްޕޯޓްސް އެރީނާ ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މި ކައުންސިލުން ކުރި ނަންބަރު: A/IUL/344/2016/44 (25 މޭ 2016) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ ދެ ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.
އެހެންކަމުން، މި މަސައްކަތްކުރުމަށް އަލުން އިޢުލާންކުރީމެވެ. ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
16 ރަމަޟާން 1437