މަސައްކަތް
ނަންބަރު: A/IUL/344/2016/53
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 27 ޖޫން 2016 13:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އއ. ފެރިދޫ ސްޕޯޓްސް އެރީނާ ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުން:

އއ. ފެރިދޫ ސްޕޯޓްސް އެރީނާ ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މި ކައުންސިލުން ކުރި ނަންބަރު: A/IUL/344/2016/44 (25 މޭ 2016) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ ދެ ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ. 

އެހެންކަމުން، މި މަސައްކަތްކުރުމަށް އަލުން އިޢުލާންކުރީމެވެ. ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

16 ރަމަޟާން 1437

21 ޖޫން 2016