ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު: A)CA-2013/234)ފ(2013 ޖޫން 24) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
2013 ސެޕްޓެންބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގައި ހއ. ދިއްދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 4 ވޯޓުފޮށިި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.
# |
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
1 |
A04.08.1 |
ހއ. ދިއްދޫ-1 |
މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ފިޔަނޫމާގޯޅީގެ އުތުރުން، ރަންފަރުގޯޅީގެ އުތުރުން، ޗޭނުވެހީގެ އުތުރަށް އޮތް ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ދިއްދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ހއ. ދިއްދޫ
ދިއްދޫ އިންޖީނުގެ |
2 |
A04.08.2 |
ހއ. ދިއްދޫ-2 |
މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ފިޔަނޫމާގޯޅީގެ ދެކުނުން، ރަންފަރުގޯޅީގެ ދެކުނުން، ޗޭނުވެހީގެ ދެކުނުން ރަށްދެބައިމަގުގެ އުތުރަށް ހުރި ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ހއ. ދިއްދޫ
ދިއްދޫ ރައްޔިތުންގެ ވައިލެޓްމާލަމް |
3 |
A04.08.3 |
ހއ. ދިއްދޫ-3 |
މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ރަށްދެބައިމަގުގެ ދެކުނުން، ހަވީރީހިނގުމުގެ އުތުރަށް އޮތް ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ހއ. ދިއްދޫ
ދިއްދޫ ރައްޔިތުންގެ ޣާޒީ މުޙައްމަދު ޕްރީ ސްކޫލްގެ ނާސަރީ-A ކްލާސްރޫމް |
4 |
A04.08.4 |
ހއ. ދިއްދޫ-4 |
މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ހަވީރީހިނގުމުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ހއ. ދިއްދޫ
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެދު ކްލާސް ރޫމުގައި |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
6 ޝައްވާލް 1434