ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2013/426
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 11:41
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައުން - ރިޔާސީ އިންތިޚާބު 2013

މި ކޮމިޝަނުގެ ނަންބަރު: A)CA-2013/234)ފ(2013 ޖޫން 24) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

2013 ސެޕްޓެންބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގައި ހއ. ދިއްދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 4 ވޯޓުފޮށިި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

#

ވޯޓުފޮށީގެ ނަންބަރު 

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

 1

 A04.08.1

ހއ. ދިއްދޫ-1

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ފިޔަނޫމާގޯޅީގެ އުތުރުން، ރަންފަރުގޯޅީގެ އުތުރުން، ޗޭނުވެހީގެ އުތުރަށް އޮތް ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނާއި، ދިއްދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

 ހއ. ދިއްދޫ

ދިއްދޫ އިންޖީނުގެ

 2

A04.08.2

ހއ. ދިއްދޫ-2

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ފިޔަނޫމާގޯޅީގެ ދެކުނުން، ރަންފަރުގޯޅީގެ ދެކުނުން، ޗޭނުވެހީގެ ދެކުނުން ރަށްދެބައިމަގުގެ އުތުރަށް ހުރި ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

 ހއ. ދިއްދޫ

ދިއްދޫ ރައްޔިތުންގެ ވައިލެޓްމާލަމް

 3

 A04.08.3

ހއ. ދިއްދޫ-3

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ރަށްދެބައިމަގުގެ ދެކުނުން، ހަވީރީހިނގުމުގެ އުތުރަށް އޮތް ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

 ހއ. ދިއްދޫ

ދިއްދޫ ރައްޔިތުންގެ ޣާޒީ މުޙައްމަދު ޕްރީ ސްކޫލްގެ ނާސަރީ-A ކްލާސްރޫމް

A04.08.4

ހއ. ދިއްދޫ-4

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ހަވީރީހިނގުމުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

 ހއ. ދިއްދޫ

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެދު ކްލާސް ރޫމުގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

6 ޝައްވާލް  1434

13 އޮގަސްޓް 2013