ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ސަރވިސްގެ ތިރީގައި ދެންނެވިފައިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރަމެވެ.
މަޤާމު ފަޅުވެރި
ރޭންކް ސަޕޯޓް ސަރވިސް އޮފިސަރ 2
ކްލެސިފިކޭޝަން ސަޕޯޓް ސަރވިސް
މުސާރަ -/4,170 ރުފިޔާ
ސަރވިސް އެލަވަންސް -/3,500 ރުފިޔާ
ނޮންޕްރެކްޓިކްސް މުސާރައިގެ %45
ބޭނުންވާ އަދަދު 01
މަސައްކަތް ކުރަންޖެހޭ ތަން: މާފުށީ ޖަލު
ފެންވަރު ނުވަތަ ޝަރުޠު:
1- ލިޔަންކިޔަން އެނގޭ މީހެއް ކަމުގައި ވުން.
2- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތި ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
3- އެއްވެސް އިރެއްގައި މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
4- މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން.
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
- 18 އަހަރާއި 35 އަހަރާ ދެމެދު
- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒުން ކުރިއަށް ގެންދާ ނެވިގޭޝަން ނުވަތަ މެރިން އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައިވުން
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ދޯނީގެ ދަތުރުތަކުގައި ބައިވެރިވުން.
- ދޯންޏާއި ދޯނީގައި ހުންނަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ދޯނި ސާފު ތާހިރުކޮށް ބެލެހެއްޓުން.
- ދޯންޏަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
- ޖަލުގައި ދިމާވާ ކުއްލި ހާލަތްތަކާއި ގުޅިގެން ކުރަން ޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:
- ތަޢުލީމީ ފެންވަރު.
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:30 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:
ފޯނު ނަންބަރު: 3312694، 3328443
ފެކްސް ނަންބަރު: 3313727
އީ މެއިލް: [email protected]
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
- (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަން ވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.)
11 ރަމަޟާން 1437