ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2016/27
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 26 ޖޫން 2016 13:30
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ފަޅުވެރި

ވަޒީފާގެ ފުރުޞަތު

މި ސަރވިސްގެ ތިރީގައި ދެންނެވިފައިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު               ފަޅުވެރި

ރޭންކް              ސަޕޯޓް ސަރވިސް އޮފިސަރ 2

ކްލެސިފިކޭޝަން         ސަޕޯޓް ސަރވިސް

މުސާރަ             -/4,170 ރުފިޔާ

ސަރވިސް އެލަވަންސް     -/3,500 ރުފިޔާ

ނޮންޕްރެކްޓިކްސް        މުސާރައިގެ %45

ބޭނުންވާ އަދަދު         01

މަސައްކަތް ކުރަންޖެހޭ ތަން: މާފުށީ ޖަލު

ފެންވަރު ނުވަތަ ޝަރުޠު:

1- ލިޔަންކިޔަން އެނގޭ މީހެއް ކަމުގައި ވުން.

2- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތި ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

3- އެއްވެސް އިރެއްގައި މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.

4- މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

- 18 އަހަރާއި 35 އަހަރާ ދެމެދު 

- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.

- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒުން ކުރިއަށް ގެންދާ ނެވިގޭޝަން ނުވަތަ މެރިން އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައިވުން 

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

 މަޤާމުގެ މަސްއޫލިއްޔަތު:

-  ދޯނީގެ ދަތުރުތަކުގައި ބައިވެރިވުން.

-  ދޯންޏާއި ދޯނީގައި ހުންނަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

-  ދޯނި ސާފު ތާހިރުކޮށް ބެލެހެއްޓުން.

-  ދޯންޏަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

-  ޖަލުގައި ދިމާވާ ކުއްލި ހާލަތްތަކާއި ގުޅިގެން ކުރަން ޖެހޭ ދަތުރުތަކުގައި ބައިވެރިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

-  ތަޢުލީމީ ފެންވަރު.

-  ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

-  މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:30 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).

-  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯނު ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

-  ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

-  ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.

-   ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

-   އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

-   (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަން ވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.)

11 ރަމަޟާން  1437

16 ޖޫން 2016