މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން

މަޤާމު:

އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

CS2/ އިމިގްރޭޝަން އޮފިސަރުން

ބޭނުންވާ އަދަދު:

12

މުސާރަ:

-/6500ރ

ސަރވިސް އެލަވަންސް:

މާލޭގައިނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/90 ރުފިޔާ

ޕޯޓުތަކުގައިނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

ސްޕެޝަލް ސަރވިސް އެލަވަންސް

މުސާރައިގެ %35 (ވަޒީފާ ދާއިމީވުމުން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސްތަކުގައި ދައުރުވާގޮތަށް (އިމިގްރޭޝަނުން އެވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  • ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ ބޭރުވާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުން
  • އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ކަނޑުބޯޓުފަހަރުތަކަށް ދިއުން
  • ބިދޭސީން ރާއްޖޭގައި ތިބުމަށް އެކިއެކި ވީޒާ ދޫކުރުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން
  • ދިވެހިރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމަންޓުގެ ޚިދުމަތްދިނުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން
  • އެއަރޕޯޓްތަކުގައި އަދި ހެޑްއޮފީހުގައި ކައުންޓަރ މަސައްކަތްކުރުން އެހެނިހެން އިދާރީ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

އުމުރުން 25 އަހަރު ( އިޢުލާނުގެ މުއްދަތު ހަމަވާއިރު ) ފުރިފައިނުވުން. އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ޞިއްޙީ ޤާބިލުކަން ލިބިފައިވުން. (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ.)

ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީގެ ސެޓުފިކެޓު ހުށަހެޅި ކަމުގައިވިޔަސް މާކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުޠަށް އެކަންޏެވެ. މި މިމަޤާމަށް މަސައްކަތުގެ ތަޖުރިބާ މިބައި ހިމަނާފައިނުވާނެއެވެ.

މިމަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި 6 މަސްދުވަހުގެ ޓްރޭނިންގ ނިންމުމަށްފަހު ދާއިމީ މަޤާމަށް ބަދަލު ކުރެވޭއިރު މުވައްޒަފުންގެ މަޤާމަށާއި މުސާރައަށް ބަދަލު އަންނާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ކަނޑުބޯޓުފަހަރަށް އަރައި ފޭބޭ ފަރާތެއްކަމުގައިވުން
  • ޞިއްޙީގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކްއަޕް ހަދަން ޖެހޭނެއެވެ.)
  • ޔުނީފޯމު އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ ތަން އަދި މުއްދަތު

މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަރވިއު 03 ޖުލައި 2016 އާއި 21 ޖުލައި 2016 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިޙާނު ކުރުން ކުރިއަށް ގެންދަވާނީ މި އިދާރާއިން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ.

ސުންގަޑި

13 ޖޫން 2016 (ހޯމަ) އިން 27 ޖޫން 2016 (ހޯމަ) އަށް

27 ޖޫން 2016 ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އިމިގްރޭޝަން އޮފިސަރ ޓްރޭނީ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަންފޯމު މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުން www.immigration.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. އިމިގްރޭޝަން އޮފިސަރ ޓްރޭނީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، މުއްދަތު ހަމަނުވާ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
  5. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

ސްކްރީނިންގ

  • އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • އިޢުލާން މުއްދަތު ހަމަވާ ތާރީޚަށް އުމުރުން 25 އަހަރު ވެފައި ނުވުން.
  • މަޤާމުގެ އަސާސީ ޝަރުޠައް ވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަންފޯމު، ވަނަވަރު، އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

ޝޯޓްލިސްޓްކުރުން

ޝޯޓްލިސްޓް ކުރުން ގެންދާނީ 3 މަރުހަލާއަކަށް ބަހާލެވިގެންނެވެ.

ފުރަތަމަ މަރުހަލާ: އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުތަކަށް މާކްސް ދިނުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަނަމަ، އިންޓަރވިއު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 100 ފަރާތާއެވެ.

ދެވަނަ މަރުހަލާ: ޕްރިލިމިނަރީ އިންޓަރވިއު

ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

ތިންވަނަ މަރުހަލާ: ޕްރިލިމިނަރީ އިމްތިޙާން

މި އިމްތިޙާނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅޭ އާންމު މަޢުލޫމާތު އަދި އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކަށް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ދެވޭ އިމްތިޙާނެކެވެ. (މިއިދާރާގެ މަސައްކަތްތަކާއި އަދި އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު މިއިދާރާގެ ވެބްސައިޓް www.immigration.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ފައިނަލް

ތަޢުލީމު: ލޯއެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުންހުރި ދާއިރާތަކުން ހޯދާފައިވާ އެކްރެޑިޓެޑް ސެޓުފިކެޓު.

ތަމްރީނު: ލޯ އެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުންހުރި ދާއިރާތަކުން ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ތަމްރީނުތައް.

ހުނަރު: ފައިނަލް އިންޓަރވިއު އަދި ސައިކޯމެޓްރިކް ޓެސްޓް.

ފައިނަލް ސެލެކްޝަނަށް ހޮވޭނީ ޕްރިލިމިނަރީ އިންޓަރވިއު އިން އެންމެ މަތިން މާކްސް ލިބޭ، އިޢުލާން ކުރި އަދަދުގެ ތިންގުނަ އަދަދަށެވެ.

ވަޒީފާއަށް ހޮވޭނީ ސެލެކްޝަން ޕްރޮސެސް އިން މަދުވެގެން ޖުމްލަ %45 (ސާޅީސް ފަހެއް އިންސައްތަ) ލިބޭ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު:

މިއޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މައުލޫމާތު ސާފުވާނެއެވެ.

ނޯޓް: މި އިޢުލާން ގެޒެޓްކުރުމާއެކު، 13 ޖޫން 2016 ވަނަ ދުވަހު މި އޮފީހުން ގެޒެޓް ކޮށްފައިވާ އިޢުލާނު ނަންބަރު: IUL 94-H/1/2016/11 ގެ ތާރީޚުގައި ކުށެއްވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.

10 ރަމަޟާން 1437

15 ޖޫން 2016
ހޯދާ