ދިވެހިރާއްޖެ
މަޤާމުގެ ނަން |
|
މަޤާމު: |
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
CS2/ އިމިގްރޭޝަން އޮފިސަރުން |
ބޭނުންވާ އަދަދު: |
12 |
މުސާރަ: |
-/6500ރ |
ސަރވިސް އެލަވަންސް: |
މާލޭގައިނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/90 ރުފިޔާ ޕޯޓުތަކުގައިނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ |
ސްޕެޝަލް ސަރވިސް އެލަވަންސް |
މުސާރައިގެ %35 (ވަޒީފާ ދާއިމީވުމުން) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސްތަކުގައި ދައުރުވާގޮތަށް (އިމިގްރޭޝަނުން އެވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި) |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އުމުރުން 25 އަހަރު ( އިޢުލާނުގެ މުއްދަތު ހަމަވާއިރު ) ފުރިފައިނުވުން. އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ޞިއްޙީ ޤާބިލުކަން ލިބިފައިވުން. (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ.) ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީގެ ސެޓުފިކެޓު ހުށަހެޅި ކަމުގައިވިޔަސް މާކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުޠަށް އެކަންޏެވެ. މި މިމަޤާމަށް މަސައްކަތުގެ ތަޖުރިބާ މިބައި ހިމަނާފައިނުވާނެއެވެ. މިމަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި 6 މަސްދުވަހުގެ ޓްރޭނިންގ ނިންމުމަށްފަހު ދާއިމީ މަޤާމަށް ބަދަލު ކުރެވޭއިރު މުވައްޒަފުންގެ މަޤާމަށާއި މުސާރައަށް ބަދަލު އަންނާނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
|
އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ ތަން އަދި މުއްދަތު |
މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަރވިއު 03 ޖުލައި 2016 އާއި 21 ޖުލައި 2016 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިޙާނު ކުރުން ކުރިއަށް ގެންދަވާނީ މި އިދާރާއިން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. |
ސުންގަޑި |
13 ޖޫން 2016 (ހޯމަ) އިން 27 ޖޫން 2016 (ހޯމަ) އަށް 27 ޖޫން 2016 ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ) |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސްކްރީނިންގ |
|
ޝޯޓްލިސްޓްކުރުން |
ޝޯޓްލިސްޓް ކުރުން ގެންދާނީ 3 މަރުހަލާއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ މަރުހަލާ: އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުތަކަށް މާކްސް ދިނުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަނަމަ، އިންޓަރވިއު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 100 ފަރާތާއެވެ. ދެވަނަ މަރުހަލާ: ޕްރިލިމިނަރީ އިންޓަރވިއު ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން. ތިންވަނަ މަރުހަލާ: ޕްރިލިމިނަރީ އިމްތިޙާން މި އިމްތިޙާނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅޭ އާންމު މަޢުލޫމާތު އަދި އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކަށް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ދެވޭ އިމްތިޙާނެކެވެ. (މިއިދާރާގެ މަސައްކަތްތަކާއި އަދި އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު މިއިދާރާގެ ވެބްސައިޓް www.immigration.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. |
ފައިނަލް |
ތަޢުލީމު: ލޯއެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުންހުރި ދާއިރާތަކުން ހޯދާފައިވާ އެކްރެޑިޓެޑް ސެޓުފިކެޓު. ތަމްރީނު: ލޯ އެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުންހުރި ދާއިރާތަކުން ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ތަމްރީނުތައް. ހުނަރު: ފައިނަލް އިންޓަރވިއު އަދި ސައިކޯމެޓްރިކް ޓެސްޓް. ފައިނަލް ސެލެކްޝަނަށް ހޮވޭނީ ޕްރިލިމިނަރީ އިންޓަރވިއު އިން އެންމެ މަތިން މާކްސް ލިބޭ، އިޢުލާން ކުރި އަދަދުގެ ތިންގުނަ އަދަދަށެވެ. ވަޒީފާއަށް ހޮވޭނީ ސެލެކްޝަން ޕްރޮސެސް އިން މަދުވެގެން ޖުމްލަ %45 (ސާޅީސް ފަހެއް އިންސައްތަ) ލިބޭ ފަރާތްތަކެވެ. |
އިތުރު މަޢުލޫމާތު: |
މިއޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މައުލޫމާތު ސާފުވާނެއެވެ. |
ނޯޓް: މި އިޢުލާން ގެޒެޓްކުރުމާއެކު، 13 ޖޫން 2016 ވަނަ ދުވަހު މި އޮފީހުން ގެޒެޓް ކޮށްފައިވާ އިޢުލާނު ނަންބަރު: IUL 94-H/1/2016/11 ގެ ތާރީޚުގައި ކުށެއްވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.
10 ރަމަޟާން 1437