ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނާޑު ކައުންސިލްގެ އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުނާޑު ކައުންސިލްގެ އިދާރާ މަރާމާތުކުރުމަށް:

ފުނާޑު ކައުންސިލްގެ އިދާރާގެ ބައެއް, މި ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް މަރާމާތުކުރުމަށް ކުރެވުނު ނަންބަރު (IUL)443-CO/443/2016/24 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:30 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރިކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބުތައް އިވެލުއޭޓްކުރާ ކޮމެޓީން ބަލާނެ ކަންތައްތަކާއި އެކަންތައްތަކަށް ޕޮއިންޓުދޭނެ ދާއިރާތައް

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު

% 60
  • ހުށަހަޅާ އަގަށް ދެވޭ މާކްސް
  • މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.

ތަޖުރިބާ

% 20

  • ތަޖުރިބާއަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތަކުގައި މަސައްކަތްކޮށްފައިވާ އަގުތައް އެއްކުރުމަށްފަހު އެންމެ މަތިން ލިބޭ އަގަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • ތަޖުރިބާގެ ލިޔުންކަމަށް ބަލާނީ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔުންތަކަށެވެ.

މާލީ ޤާބިލުކަން

% 10

  • މާލީ ޤާބިލުކަން
  • މާލީ ޤާބިލުކަމަށް ބެލެވޭނީ ޕްރޮޕޯޒަލާއެކު ހުށަހަޅާ ބޭންކް ރިފަރެންސް ލެޓަރ ފަދަ މާލީ ޤާބިލުކަން ދެނެގަނެވޭނެ ލިޔުންތަކަށެވެ. ބޭންކު ސްޓޭޓްމަންޓަކީ މާލީ ޤާބިލުކަން ކަމަށް ނުބެލެވޭނެއެވެ.

މުއްދަތު

 % 10
  • މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.
  • މުއްދަތުކަމުގައި ބެލޭނީ ހުށަހަޅާ ވަރކް ޝެޑިއުލްގައިވާ ގޮތުގެ މަތިންނެވެ.

ޖުމުލަ

% 100

 

08 ރަމަޟާން 1437

13 ޖޫން 2016
ހޯދާ