މަސައްކަތް
ނަންބަރު: (IUL)443-CO/443/2016/30
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި:
22 ޖޫން 2016 11:30
ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ފުނާޑު ކައުންސިލްގެ އިދާރާ މަރާމާތުކުރުމަށް:
ފުނާޑު ކައުންސިލްގެ އިދާރާގެ ބައެއް, މި ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް މަރާމާތުކުރުމަށް ކުރެވުނު ނަންބަރު (IUL)443-CO/443/2016/24 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:30 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރިކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރާ ކޮމެޓީން ބަލާނެ ކަންތައްތަކާއި އެކަންތައްތަކަށް ޕޮއިންޓުދޭނެ ދާއިރާތައް
މާކްސްދެވޭ ކްރައިޓީރިއާ
|
މާކްސް ދެވޭގޮތް
|
ތަފުސީލު
|
އަގު
|
% 60 |
- ހުށަހަޅާ އަގަށް ދެވޭ މާކްސް
- މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.
|
ތަޖުރިބާ
|
% 20
|
- ތަޖުރިބާއަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތަކުގައި މަސައްކަތްކޮށްފައިވާ އަގުތައް އެއްކުރުމަށްފަހު އެންމެ މަތިން ލިބޭ އަގަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- ތަޖުރިބާގެ ލިޔުންކަމަށް ބަލާނީ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔުންތަކަށެވެ.
|
މާލީ ޤާބިލުކަން
|
% 10
|
- މާލީ ޤާބިލުކަން
- މާލީ ޤާބިލުކަމަށް ބެލެވޭނީ ޕްރޮޕޯޒަލާއެކު ހުށަހަޅާ ބޭންކް ރިފަރެންސް ލެޓަރ ފަދަ މާލީ ޤާބިލުކަން ދެނެގަނެވޭނެ ލިޔުންތަކަށެވެ. ބޭންކު ސްޓޭޓްމަންޓަކީ މާލީ ޤާބިލުކަން ކަމަށް ނުބެލެވޭނެއެވެ.
|
މުއްދަތު
|
% 10 |
- މުއްދަތަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.
- މުއްދަތުކަމުގައި ބެލޭނީ ހުށަހަޅާ ވަރކް ޝެޑިއުލްގައިވާ ގޮތުގެ މަތިންނެވެ.
|
ޖުމުލަ
|
% 100
|
|
08 ރަމަޟާން 1437