ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީން ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ ރޭންޖާރސް އަށް ކުރެވުނު ނަންބަރު: IUL) 438/438/2016/127) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު އަލުން ހުޅުވާލަމެވެ.
|
މަޤާމު: |
ރޭންޖާރސް |
|
ބޭނުންވާ އަދަދު: |
2 |
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (އައްޑޫ ސިޓީ ހިތަދޫ) |
|
މުސާރަ: |
ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/10,000 ރުފިޔާ އާއި -/13,000 ރުފިޔާއާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. |
|
އަދާކުރަންޖެހޭ މަސްއޫލިއްޔަތު: |
ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން؛ |
|
ފެންވަރު ނުވަތަ ޝަރުޠު: |
(ހ) މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާސިލުކޮށްފައިވުން؛ ނުވަތަ (ށ) މަސައްކަތާ ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ހާސިލުކޮށްފައިވުމާއެކު ދާއިރާގައި މަދުވެގެން ދެ (2) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ (ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. (ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް: |
|
|
އިތުރު މަޢުލޫމާތު: |
މި މަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 22 (ބާވީސް) މަސްދުވަހުގެ މުއްދަތަށެވެ. އަދި މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން ޖުލައި 2016 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ. |
|
ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ: |
2016 ޖޫން 23 ވާ ބުރާސްފަތި ދުވަހު 14:00ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް |
13 ޖޫން 2016
