ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2016/150
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 23 ޖޫން 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ ރޭންޖާރސް

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީން ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ ރޭންޖާރސް އަށް ކުރެވުނު ނަންބަރު: IUL) 438/438/2016/127) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ރޭންޖާރސް

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (އައްޑޫ ސިޓީ ހިތަދޫ)

މުސާރަ:

ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/10,000 ރުފިޔާ އާއި -/13,000 ރުފިޔާއާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާސިލުކޮށްފައިވުން؛ ނުވަތަ

(ށ) މަސައްކަތާ ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ހާސިލުކޮށްފައިވުމާއެކު ދާއިރާގައި މަދުވެގެން ދެ (2) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 22 (ބާވީސް) މަސްދުވަހުގެ މުއްދަތަށެވެ. އަދި މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން ޖުލައި 2016 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 ޖޫން 23 ވާ ބުރާސްފަތި ދުވަހު 14:00ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް

 

13 ޖޫން 2016

13 ޖޫން 2016