ދިވެހިރާއްޖެ
އިޢުލާން
"ޕާކުހަޓް" ކުއްޔަށް ދޫކުރުން
ކުރިން ބީޗު ސްޕޮޓް ހިންގި ބިން "ޕާކުހަޓް" 15 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
| 
 ބިން އޮތް ތަން  | 
 ބިމުގެ ބޮޑުމިން  | 
 ކުއްޔަށްދޭ ބޭނުން  | 
| 
 ހުޅަނގުން ބަނދަރުމަގާ އިންވެގެން، އިރުން ބޮޑުތަކުރުފާނުމަގާ އިންވެގެން، ދެކުނުން ކުޑަކުދިންގެ ޕާކު އަދި އުތުރުން އަންދަލީބުމަގާ އިންވެގެން  | 
 7903 އަކަފޫޓު  | 
 ރެސްޓޯރެންޓް ހިންގުމާއެކު އެހެން ވިޔަފާރިއެއްކުރުން  | 
ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތުދިނުމާއި ޕްރޮޕޯޒަލް ހުށަހެޅުން
  | 
 08 ޖޫން 2016 (ބުދަ)، 11:00  | 
  | 
 15 ޖޫން 2016 (ބުދަ)، 11:00  | 
ވީމާ، މި ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތަށް މި އިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.
24 ޝަޢުބާން 1437
