ކުއްޔަށް ދިނުން
ނަންބަރު: 401-IUL(MU)/2016/35
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 08 ޖޫން 2016 11:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކުހަޓް ކުއްޔަށް ދޫކުރުން

އިޢުލާން

"ޕާކުހަޓް" ކުއްޔަށް ދޫކުރުން

ކުރިން ބީޗު ސްޕޮޓް ހިންގި ބިން "ޕާކުހަޓް" 15 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ބިން އޮތް ތަން

ބިމުގެ ބޮޑުމިން

ކުއްޔަށްދޭ ބޭނުން

ހުޅަނގުން ބަނދަރުމަގާ އިންވެގެން، އިރުން ބޮޑުތަކުރުފާނުމަގާ އިންވެގެން، ދެކުނުން ކުޑަކުދިންގެ ޕާކު އަދި އުތުރުން އަންދަލީބުމަގާ އިންވެގެން

7903 އަކަފޫޓު

ރެސްޓޯރެންޓް ހިންގުމާއެކު އެހެން ވިޔަފާރިއެއްކުރުން

ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތުދިނުމާއި ޕްރޮޕޯޒަލް ހުށަހެޅުން

  • މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި

08 ޖޫން 2016 (ބުދަ)، 11:00

  • ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި

15 ޖޫން 2016 (ބުދަ)، 11:00

ވީމާ، މި ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތަށް މި އިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.

24 ޝަޢުބާން 1437

31 މޭ 2016