ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
2 (ދޭއް) |
ބޭނުންވާ އަދަދު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
|||||||
އެޑްމިން |
ޑިވިޜަން: |
ފުވައްމުލަކު ސްކޫލް |
އޮފީސް: |
|||||||
މަޤާމުގެ ޝަރުޠު: މަޤާމުގެ އޮނިގަނޑުގައިވާ ގޮތުގެ މަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން. |
||||||||||
ސަރވިސް އެލަންވަންސް |
މުސާރަ |
ޝަރުޠު |
ކްލެސިފިކޭޝަން |
ރޭންކް |
މަޤާމް |
|||||
މަހަކު -/1،500 ރުފިޔާ |
މަހަކު -/5،020 ރުފިޔާ |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ: 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
GS4 |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||||
މައިގަނޑު މަސައްކަތްތައް |
ދާއިރާތައް |
މަޤާމް |
||||||||
- މުވައްޒަފުންގެެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން. - ސަލާމާއި ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުން. - ސްޓޮކް ބެލެހެއްޓުން. - ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - ސްކޫލުން އެކިއެކި ފަރާތްތަކަށް ލިޔަންޖެހޭ ސިޓީ މެސެޖްފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - އާމްދަނީއާއި ޚަރަދާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - ސްކޫލަށް ބަލައިގަންނަ އެންމެހައި ފައިސާ، ސަރުކާރުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން. - ބިލުތައް އެންޓަރކޮށް އޯޑަރ ފޯމް އެޓޭޗްކުރުން. - ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން - އެގްރިމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން. |
- އެޑްމިނިސްޓްރޭޝަން - މެނޭޖްމެންޓް - އިންފޮމޭޝަން ޓެކްނޮލޮޖީ - ހިއުމަން ރިސޯސް މެނޭޖްމެންޓް - އެކައުންޓިންގ - ފައިނޭންސް - ބިޒްނަސް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތަކަށް ބަލައިގެން. |
||||||||||
އިންޓަވިއުކުރުން: - މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 5 ޖޫން 2016 އާއި 9 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައި، ފުވައްމުލަކު ސްކޫލުގައެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. - އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. ޝޯޓުލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ. |
||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: - ސިވިލް ސަރވިސްގެ ވަޒީފާއަށް އެެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުުނު 8:00 އިން 13:00 އަށް މި ސްކޫލުން ލިބެން ހުންނާނެއެވެ. - އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ. - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) - މިހާރު ސަރުކާރަށް ޚިދުމަތްކުރަމުންދާ މުވައްޒަފަކުނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އެ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. - ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު. |
||||||||||
ސުންގަޑި: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 2 ވާ ބުރާސްފަތިދުވަހުގެ 13:00 އެވެ. |
||||||||||
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860002 ނަންބަރު ފޯނަށެވެ. |
18 ޝަޢުބާން 1437