ވަޒީފާގެ ފުރުޞަތު
ނަންބަރު: GS44/2016/16
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 02 ޖޫން 2016 13:00
ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

2 (ދޭއް)

ބޭނުންވާ އަދަދު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިން

ޑިވިޜަން:

ފުވައްމުލަކު ސްކޫލް

އޮފީސް:

މަޤާމުގެ ޝަރުޠު: މަޤާމުގެ އޮނިގަނޑުގައިވާ ގޮތުގެ މަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ސަރވިސް އެލަންވަންސް

މުސާރަ

ޝަރުޠު

ކްލެސިފިކޭޝަން

ރޭންކް

މަޤާމް

މަހަކު -/1،500 ރުފިޔާ

މަހަކު -/5،020 ރުފިޔާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ:

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

GS4

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މައިގަނޑު މަސައްކަތްތައް

ދާއިރާތައް

މަޤާމް

- މުވައްޒަފުންގެެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން.

- ސަލާމާއި ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުން.

- ސްޓޮކް ބެލެހެއްޓުން.

- ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

- ސްކޫލުން އެކިއެކި ފަރާތްތަކަށް ލިޔަންޖެހޭ ސިޓީ މެސެޖްފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- އާމްދަނީއާއި ޚަރަދާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ސްކޫލަށް ބަލައިގަންނަ އެންމެހައި ފައިސާ، ސަރުކާރުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

- ބިލުތައް އެންޓަރކޮށް އޯޑަރ ފޯމް އެޓޭޗްކުރުން.

- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން

- އެގްރިމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

- އެޑްމިނިސްޓްރޭޝަން

- މެނޭޖްމެންޓް

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ހިއުމަން ރިސޯސް މެނޭޖްމެންޓް

- އެކައުންޓިންގ

- ފައިނޭންސް

- ބިޒްނަސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތަކަށް ބަލައިގެން.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 5 ޖޫން 2016 އާއި 9 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައި، ފުވައްމުލަކު ސްކޫލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. ޝޯޓުލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުުނު 8:00 އިން 13:00 އަށް މި ސްކޫލުން ލިބެން ހުންނާނެއެވެ.

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- މިހާރު ސަރުކާރަށް ޚިދުމަތްކުރަމުންދާ މުވައްޒަފަކުނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އެ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ  ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ސުންގަޑި:

މި  ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  މި  ސްކޫލުގެ  އޮފީހަށެވެ.  ތަކެތި  ހުށަހެޅުމުގެ  ސުންގަޑިއަކީ،  2016  ޖޫން  2  ވާ ބުރާސްފަތިދުވަހުގެ 13:00 އެވެ. 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860002 ނަންބަރު ފޯނަށެވެ.

18 ޝަޢުބާން 1437

25 މޭ 2016