|
1. އައި.ޓީ ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ބަހާލައިގެން މަސައްކަތްތައް ރާވައި، ޓީމެއްގެގޮތުގައި މަސައްކަތްތައް ކުރުމާއި ކުރުވުން.
2. ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓެކްނިކަލް ދާއިރާއިން ހުއްޓުމެއް ނާންނާނެހެން މަސައްކަތްތައް ރާވައި ހިންގުން.
3. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި، ސެކިޔުރިޓީ ބެލެހެއްޓުން.
4. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.
5. އޮފީހުގެ ސަރވަރތައް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް، ސަރވަރތަކުގެ ޖާގަ ފުރޭތޯ ބެލުމާއި، ބޭނުންނުވާ ފައިލްތައް ސަރަވަރގައި ހުރޭތޯ ބަލައި، އެތަކެއްޗާމެދު ޔުނިޓު ހިންގަވަން ހުންނަ މުވައްޒަފަކު ދެއްވާ އިރުޝާދުގެދަށުން ޢަމަލުކުރުން.
6. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް ނެޓްވާރކް ޕަރފޯރމަންސް އެނަލިސިސްއެއް، މަދުވެގެން މަހަކު ދެފަހަރު ހެދުން.
7. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ފައްޓަވާފައިވާ ޤައުމީ މުވާޞަލާތީވިއުގަ ގުޅައިދިނުމުގައްޔާއި، ގަވަރންމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމުގައި މި މިނިސްޓްރީން ކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުން.
8. އޮފީހުގެ ޕީ.އޭ.ބީ.އެކްސް. ސިސްޓަމާއި އޭގެ ރެކޯޑްސް ބެލެހެއްޓުން.
9. އޮފީގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރ ބެލެހެއްޓުން.
10. މިނިސްޓްރީގެ މަސައްކަތްތައް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ހާމަކުރުމަށް މިނިސްޓްރީގެ ވެބްސައިޓު ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
11. މަތީގައި ބަޔާންކުރެވުނު މަސައްކަތްތަކާ ގުޅިގެން މުހިންމުކަމެއް ކުރެވެމުންދާނަމަ، އެކަމެއްގެ މަޢުލޫމާތު އޮފީހުގެ ޔައުމިއްޔާ ލިޔާ މުވައްޒަފަކަށް ދިނުން.
12. ސެކްޝަނުގެ ވެރިއަކު އަންގަވާ އޮފީސް މަސައްކަތް ކުރުމާއި، މިނޫނަސް އޮފީހުން ރާވައި ހިންގާ އެނޫން އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.
|