ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/104
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 13 ޖޫން 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެނަލިސްޓް ޕްރޮގްރާމަރ

މަޤާމް :އެނަލިސްޓް ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެނަލިސްޓް ޕްރޮގްރާމަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-242386

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/5،610 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އައި.ޓީ ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ބަހާލައިގެން މަސައްކަތްތައް ރާވައި، ޓީމެއްގެގޮތުގައި މަސައްކަތްތައް ކުރުމާއި ކުރުވުން.

2. ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓެކްނިކަލް ދާއިރާއިން ހުއްޓުމެއް ނާންނާނެހެން މަސައްކަތްތައް ރާވައި ހިންގުން.

3. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި، ސެކިޔުރިޓީ ބެލެހެއްޓުން.

4. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ  މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ  އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.

5. އޮފީހުގެ ސަރވަރތައް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް، ސަރވަރތަކުގެ ޖާގަ ފުރޭތޯ ބެލުމާއި، ބޭނުންނުވާ ފައިލްތައް ސަރަވަރގައި ހުރޭތޯ ބަލައި، އެތަކެއްޗާމެދު ޔުނިޓު ހިންގަވަން ހުންނަ މުވައްޒަފަކު ދެއްވާ އިރުޝާދުގެދަށުން ޢަމަލުކުރުން.

6. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް ނެޓްވާރކް ޕަރފޯރމަންސް އެނަލިސިސްއެއް، މަދުވެގެން މަހަކު ދެފަހަރު ހެދުން.

7. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ފައްޓަވާފައިވާ ޤައުމީ މުވާޞަލާތީވިއުގަ ގުޅައިދިނުމުގައްޔާއި،   ގަވަރންމަންޓް   އިލެކްޓްރޯނިކް   މެއިލް   މެނޭޖްމަންޓް   ސިސްޓަމް ބެލެހެއްޓުމުގައި މި މިނިސްޓްރީން ކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުން.

8. އޮފީހުގެ ޕީ.އޭ.ބީ.އެކްސް. ސިސްޓަމާއި އޭގެ ރެކޯޑްސް ބެލެހެއްޓުން.

9. އޮފީގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރ ބެލެހެއްޓުން.

10. މިނިސްޓްރީގެ މަސައްކަތްތައް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ހާމަކުރުމަށް މިނިސްޓްރީގެ ވެބްސައިޓު ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

11. މަތީގައި ބަޔާންކުރެވުނު މަސައްކަތްތަކާ ގުޅިގެން މުހިންމުކަމެއް ކުރެވެމުންދާނަމަ، އެކަމެއްގެ މަޢުލޫމާތު އޮފީހުގެ ޔައުމިއްޔާ ލިޔާ މުވައްޒަފަކަށް ދިނުން.

12. ސެކްޝަނުގެ ވެރިއަކު އަންގަވާ އޮފީސް މަސައްކަތް ކުރުމާއި، މިނޫނަސް އޮފީހުން ރާވައި ހިންގާ އެނޫން އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ނެޓްވޯކާއި ސަރވާތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

6. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 13 ވާ ހޯމަދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 ޖޫން - ޖުލައިމަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މާލޭގައެވެ.

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި  މިނިސްޓްރީގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޝަޢުބާން 1437

26 މޭ 2016