އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު 2016

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު 2016

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަކީ ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި މީގެ އިތުރުން ނަޒާހްތެރިކަން ކުރިއެރުވުމަށް ހިންގާ ތަފާތު ޙަރަކާތްތަކަށް ހިތްވަރުދީ ވާގިވެރިވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅު ހެދުމަށް މުއައްސަސާތަކާއި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދިނުމުގެ މަޤުޞަދުގައި ތަޢާރަފުކޮށްފައިވާ ޤައުމީ އިނާމެކެވެ. މި އިނާމުގައި ހިމެނެނީ ޚާއްޞަ ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެއްގެ އިތުރުން ލިޔުންތަކުގައި ބޭނުންކުރުމަށް އިނާމު ހާސިލުކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ޚާއްޞަ ސިއްކައެކެވެ.

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމުގައި ހިމެނެނީ މައިގަނޑު 5 އިނާމެކެވެ. އެ އިނާމުތަކަކީ:

  • ދައުލަތުގެ އިދާރާތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • ކުންފުނިތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • މަދަނީ ޖަމުޢިއްޔާތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • މީޑިއާތަކަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު
  • ފަރުދުންނަށް ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު

އިނާމަށް ނަން ހުށަހަޅާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ. ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމުގެ އުސޫލާއި ފޯމުތައް ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.acc.gov.mv) ލިބެން ހުންނާނެއެވެ. އިނާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 29 ނޮވެންބަރު 2016 ގެ 14:00 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކޮމިޝަންގެ ނަންބަރު 3015230 / 3015227 ފޯނާއެވެ.

12 މޭ 2016
ހޯދާ