ދިވެހިރާއްޖެ
ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު 2016
ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަކީ ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި މީގެ އިތުރުން ނަޒާހްތެރިކަން ކުރިއެރުވުމަށް ހިންގާ ތަފާތު ޙަރަކާތްތަކަށް ހިތްވަރުދީ ވާގިވެރިވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅު ހެދުމަށް މުއައްސަސާތަކާއި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދިނުމުގެ މަޤުޞަދުގައި ތަޢާރަފުކޮށްފައިވާ ޤައުމީ އިނާމެކެވެ. މި އިނާމުގައި ހިމެނެނީ ޚާއްޞަ ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެއްގެ އިތުރުން ލިޔުންތަކުގައި ބޭނުންކުރުމަށް އިނާމު ހާސިލުކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ޚާއްޞަ ސިއްކައެކެވެ. ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމުގައި ހިމެނެނީ މައިގަނޑު 5 އިނާމެކެވެ. އެ އިނާމުތަކަކީ:
އިނާމަށް ނަން ހުށަހަޅާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ. ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމުގެ އުސޫލާއި ފޯމުތައް ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.acc.gov.mv) ލިބެން ހުންނާނެއެވެ. އިނާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 29 ނޮވެންބަރު 2016 ގެ 14:00 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކޮމިޝަންގެ ނަންބަރު 3015230 / 3015227 ފޯނާއެވެ. |